ރައީސްގެ ދެކަނބަލުން ކުޑަކުދިންގެ ދުވަހުގެ ޙަރަކާތްތައް ބައްލަވާލައްވައިފި

11 މޭ 2025

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުތައް ގުޅިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު  މުޢިއްޒުގ އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތްކުރައްވައިފިއެވެ. 

ރައީސްގެ ދެކަނބަލުންނަށް ސެންޓްރަލް ޕާކުން މަރުޙަބާ ދެންނެވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އާއި ސްކޫލުތަކުގެ އިސްވެރީންނެވެ. 

މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ސްކޫލުތަކުގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ ސްޓޯލްތައް ބައްލަވާލައްވާ, އެ ސަރަޙައްދުގައި ކުރިއަށްދިޔަ ދަރިވަރުންގެ އެކި ހުށަހެޅުންތައްވެސް ބައްލަވާލައްވާފައެވެ.

މިއީ ޤައުމީ ފެންވަރުގައި މިނިސްޓްރީ އާއި ސްކޫލުތައް ގުޅިގެން މިހާ ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މި ކުޑަކުދިންގެ ހަވީރުތައް ގްރޭޓަރ މާލޭގެ 6 ސަރަޙައްދެއްގައި ކުރިއަށްދިޔަ އިރު, ރާއްޖޭގެ ހުރިހާ ރަށްތަކުގައި ވެސް, އެ ރަށެއްގެ ސްކޫލާއި ރަށުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން ކުޑަކުދިންގެ ހަވީރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.