ސީ.އެޗް.އެސް.އީ މާލޭގައި ދަރިވަރުންގެ ހާޒިރީ ރިކޯޑް ކުރުމަށް ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް އެޓެންޑެންސް ސިސްޓަމެއް ތައާރަފުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
މި އެޓެންޑެންސް ސިސްޓަމް މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ވަގުތުން ރިކޯޑު ކުރެވި، ހާޒިރީގެ ސައްހަކަން ކަށަވަރުވެ، އެ ރިކޯޑުތައް ބަލަހައްޓަން ސްކޫލަށް ފަސޭހަވެ ފަސޭހަވެގެންދާނެއެވެ.
މި އެޓެންޑެންސް ސިސްޓަމްގެ އެންމެ ފާހަގަކުރެވޭ އެއް ކަމަކީ، ދަރިވަރު މި މެޝިނުގައި ކާޑު ޖައްސާލުމާއެކު ބެލެނިވެރިޔާގެ ފޯނަށް އެސް.އެމް.އެސް އެއް މެދުވެރިކޮށް ދަރިވަރު ސްކޫލަށް ހާޒިރުވެއްޖެކަމަށް މެސެޖެއް ލިބޭނެއެވެ.
މިއީ ދަރިވަރުންނާ ގުޅޭ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގެ ހާމަކަންބޮޑުވެ، އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ސީ.އެޗް.އެސް.އީ އިން ވަނީ ފާހަގަކޮށްފައެވެ.