ތަޢުލީމީ ވުޒާރާއިން ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށްފި

23 ޑިސެމްބަރު 2025
...

ތަޢުލީމީ ވުޒާރާ އިން ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށްފިއެެވެ.

އެގޮތުން މިނިސްޓްރީގެ މުވައްޒަފުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް އާއި ހުޅުމާލެ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.

މި ޒިޔާރަތުގެ ތެރެއިން، ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބަލިމީހުންނާ ބައްދަލުކޮށް ހާލު ބަލާ، ކޮންމެ ބަލި މީހަކަށް މިނިސްޓްރީގެ މުވައްޒަފުން ވަނީ ހަދިޔާ ޕެކެއް ހަވާލުކޮށްފައެވެ.

މިއީ ތަޢުލީމީ ވުޒާރާގެ 93 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން މިނިސްޓްރީ އާއި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ބައިވެރިވުމާ އެކު ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.