އއ.ތޮއްޑޫ ސްކޫލުގައި މަލްޓިޕަރޕަސް ހޯލަކާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރަން ޙަވާލުކޮށްފި

20 އޯގަސްޓު 2025
...

އއ.ތޮއްޑޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަލްޓިޕަރޕަސް ހޯލަކާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތޮއްޑޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.