އއ.އުކުޅަހު ސްކޫލުގެ އޮފީސް ޢިމާރާތުގެ މަސައްކަތާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން ނާ ޙަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އުކުޅަހުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވި ރަސްމިއްޔާތުގައި، އުކުޅަހު ސްކޫލުގެ އޮފީސް ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ފަހިދިރިއުޅުން ކޯޕަރޭޝަން ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.