އއ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި އިތުރު ވަޞީލަތް ޤާއިމުކުރުމަށް ހަވާލުކޮށްފި

20 އޯގަސްޓު 2025
...

އއ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލަކާއި، އިތުރު ވަޞީލަތްތައް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. 

މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެރިދޫ ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮޖެކްޓުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއު އެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ. 

މި މަޝްރޫޢުގެ ދަށުން އއ. އަތޮޅު މަދަރުސާގައި މަލްޓިޕަރޕަސް ހޯލާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން މި މަަދަރުސާއަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ