ނޮޅިވަރަންފަރު ސްކޫލުގެ އައު އިމާރާތް އެޅުމަށް އެފްޑީސީއާ ހަވާލުކޮށްފި

27 އޯގަސްޓު 2025
...

ނޮޅިވަރަންފަރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި އައު ސްކޫލް ޢިމާރާތެއް ބިނާކުރުމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަންފަރު ގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ހުސައިން ސަޢީދު މުހައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާން އެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ނޮޅިވަރަންފަރުގެ ސްކޫލުގެ އައު އިމާރަތުގައި މަލްޓިޕަރޕަސް ހޯލަކާއި, 8 ކުލާސްރޫމްގެ އިތުރުން އެކި ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.