8 ވަނަ އިންޓަނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

19 އޯގަސްޓު 2026
...

 

ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމު ކުރުމުގެ މަގްސަދުގައި 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރަކުން އެއްއަހަރު ބާއްވަމަނުން އަންނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ބައިނަލް އަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސް ތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާ މެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިދެއެވެ. މިގޮތުން މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 އިން 13 އަށް ހުޅުމާލޭގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ. މިއަހަރުގެ ކޮންފަރެންސަށް ޚާއްސަ ކުރެވިފައިވާ ތީމަކީ

“Reimage, Rethink, Reform – Advancing Innovation for an Equitable and Resilient Future” އެވެ.

 

ކޮންފަރެންސްގެ މުހިންމު ދާއިރާތަކާއި ހަރަކާތްތައް

·         މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ހުށަހަޅާ 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްދާނެއެވެ

·         ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުޟޫޢު ތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި އެކި މައުޟޫޢު ތަކާއި، ކުދިން ޝައުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައް ތަކާއި ކޯޑިންގ އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތައުލީމުގެ ތަފާތު ދާއިރާތައް ހިމެނެއެވެ. 

ބައިވެރިވުމުގެ ފުރުސަތު

·         މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 އޯގަސްޓް 2026 އެވެ.

·         ރެޖިސްޓްރޭޝަން ލިންކް https://forms.gle/ynEKaw99LhqinszH7