ދަރިވަރުން
229 +މުދައްރިސުން
63 +އިދާރީ މުވައްޒަފުން
ޝައިޚް އިބްރާހީމް ސްކޫލްގެ ފުރަތަމަ އިމާރާތަކީ ކެލާ އުތުރު އަވަށުގައި ހުރި އަވަށުގެއެއްގެ ގޮތުގައި ބޭނުންކުރެވެމުން އައި ""ގުލްޗަން"" ނަމަކަށް ކިޔުނު އިމާރާތެކެވެ. މި ތަޢުލީމީ މަރުކަޒު ރަސްމީކޮށް ހުޅުވުނު ތާރީޚަކީ ހިޖުރީ ގޮތުން 6 ޞަފަރު 1364 (މީލާދީ ގޮތުން 21 ޖެނުއަރީ 1945) އެވެ. މިގޮތުން، ކެލާ މަދަރުސާއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތާރީޚުގައި މުހިންމު ދައުރެއް އަދާކުރާ، ދިގު މާޒީއެއް އޮތް ތަޢުލީމީ މަރުކަޒެކެވެ.
ސްކޫލުން ދަރިވަރުންގެ ކުރިމަގަށް ބޭނުންވާ ދީނީ ހޭލުންތެރިކަމާއި،ތަޢުލީމާއި، ތަރުބިއްޔަތާއި،ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުވައްޒަފުން ގުޅިގެން ފޯރުކޮށްދިނުން.
ސްކޫލުގެ އަމާޒަކީ ރައްކާތެރި، އަމާން އޮމާން އުގެނުމަށްފަހި އުފާވެރި ވެއްޓެއް ޤާއިމްކޮށްދީ، މުޖުތަމަޢު ޤަބޫލުކުރާ ފެންވަރަށް ދަރިވަރުންގެ ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީބައި ތަރައްގީކޮށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ދިރިއުޅުމަށް ބޭނުންވާ އެންމެ ފުރިހަމަ ތަޢުލީމާއި، ތަރުބިއްޔަތު ލިބިގަތުމަށް ދަރިވަރުން ހޭނުވުން.