އޭ-ލެވެލް އެޕްލިކޭޝަން

އައު އެޕްލިކޭޝަންތައް

އޭ-ލެވެލް އެޕްލިކޭޝަން ފޯމް

ހުޅުވާލެވިފައި

އޭ-ލެވެލް އެޑްމިޝަން ހުށައެޅުމަށް

ހުޅުވާ ތާރީޚް: 19 މޭ 2026

ބަންދުވާ ތާރީޚް: 28 މޭ 2026

ހުށައަޅާފައިވާ އެޕްލިކޭޝަން އަދާ ހަމަ ބެއްލެވުމައް

ސަރުކާރު ސްކޫލުތަކުގައި މަތީ ސާނަވީ (ކީ ސްޓޭޖް 5 ) އަށް ކުދިން ވެއްދުމާއި ގުޅޭ މުހިއްމު މައުލޫމާތުތައް

ހުޅުވާ ތާރީޚް

19 މޭ 2026

ބަންދުވާ ތާރީޚް

28 މޭ 2026

އިތުރު މައުލޫމާތު

މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތައް:

.1 އުމުރު:

  • ގްރޭޑް 11އަށް ވަންނަން އެދޭ ދަރިވަރުންނަކީ 31 ޑިސެމްބަރ 2025 އަށް 16 އަހަރު ފުރި 17 އަހަރު ނުފުރޭ ކުދިންކަމުގައި ވާންވާނެއެވެ.
  • ފެބްރުއަރީ/މާރޗް 2026 އޯލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގްރޭޑް 11އަށް ވަނުމުގެ ޝަރުތު ހަމަވެ، މަތީގައި ބަޔާންކޮށްފައިވާ އުމުރު ހަމަނުވާ ދަރިވަރުންނަށް ގްރޭޑް 11އަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ.
  • މަތީގައި ބަޔާންކޮށްފައިވާ އުމުރު ހަމަވެފައިވީ ނަމަވެސް މަދަރުސީ ނިޒާމުގެ ތެރެއިން ގްރޭޑް 10 ނިންމާ، ގްރޭޑް 11އަށް ވަނުމަށް ޝަރުތު ހަމަވާ ދަރިވަރުންގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ.

.2 މަތީ ސާނަވީއަށް ވަނުމުގެ އެކަޑަމިކް ޝަރުތުތައް:

  • ގްރޭޑް 11އަށް ވަންނަން އެދޭ ދަރިވަރުންނަށް ފުރުސަތު ދިނުމުގައި ބަލާނީ އެސް.އެސް.ސީ، ޖީ.ސީ.އީ އޯ-ލެވެލް، އައި.ޖީ.ސީ.އެސް.ސީ އިމްތިހާނު، އަދި ބީޓެކްގެ ނަތީޖާއަށެވެ.
  • ގްރޭޑް 11 އަށް ވަންނަން އެދޭ ދަރިވަރުން " ސަރުކާރު ސްކޫލްތަކުގައި ކީސްޓޭޖް 5 އަށް ކުދިން ވެއްދުމާގުޅޭ" ސަރކިއުލަރ ނަމްބަރ: 22-E/CIR/2025/12 ގައިވާ ޝަރުތުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވާން ވާނެއެވެ.

.3 ރަޖިސްޓްރީ ކުރުމާއި ޖާގަ ދިނުން:

  • ދަރިވަރުގެ އެޕްލިކޭޝަން ހުށަހަޅާފައިވާ ސްކޫލުން ދަރިވަރުގެ ޖާގައާއި ބެހޭ މައުލޫމާތު 25 މެއި 2026 އިން ފެށިގެން ބެލެނިވެރިންނާއި ހިއްސާކުރަމުންދާނެއެވެ.
  • ޖާގަ ލިބިފައިވާ ސްކޫލުން ދަރިވަރު ރަޖިސްޓްރީ ކުރުމާއި ގުޅޭ މައުލޫމާތު ބެލެނިވެރިޔާގެ އީމެއިލްއަށް ފޮނުވާނެއެވެ.

އޭ-ލެވެލް އެޑްމިޝަން ޕޮލިސީ

އެޕްލައި ކުރެއްވުމުގެ ކުރިން ޕޮލިސީ ކިއުއްވާ.

ޕީ.ޑީ.އެފް ޑައުންލޯޑް