Vashafaru School logo

ހއ. އަތޮޅު

ވަށަފަރު ސްކޫލް

އުފެދުނީ: 09 ޖެނުއަރީ 1971

map

ދަރިވަރުން

88 +

މުދައްރިސުން

24 +

އިދާރީ މުވައްޒަފުން

8 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

1971 ވަނަ އަހަރު ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު މަދަރުސަތުލް އަލިއްޔާގެ ނަމުގައި ފެށިގެން އައި މިސުކޫލަކީ މިރަށުގައި ތަޢުލީމީ ޖީލެއް އުފެއްދުމަށް އެޅުނު ފުރަތަމަ ބިންގާ. މިއީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ރަމްޒުކޮށް ދެނީ ފެށުނީއްސުރެ ރައްޔިތުންގެ އަމިއްލަ ސްކޫލެއްގެ ގޮތުގައި މިތަން ހިނގަމުން ދިޔުން. އެކި ނަންނަމުގައި އެކިގޮތްގޮތަށް ބަދަލުވަމުން އައިސް 2005 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު މިއީ ސަރުކާރު ސްކޫލަކަށް ބަދަލުވެ، މިހާރު ހިނގަމުން އަންނަނީ ވަށަފަރު ސްކޫލުގެ ނަމުގައި.

މޮޓޯ "އުނގެނޭށެވެ. ޢަމަލުކުރާށެވެ."
ތަޞައްވަރު

އިސްލާމީރިވެތި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޒިންމާދާރު ތަޢުލީމީ، ރައްޔިތެއް ބިނާކުރުން.

މުހިންމަތު

ވަށާޖެހިފައިވާ ތަޢުލީމަކަށްމަގުފަހިވާ، ދަރިވަރުންނާއި ރަށްޓެހި، ބެލެނިވެރިންގެ ބައިވެރިވުން ލިބިގެން ހިންގާ ސްކޫލެއްކަމުގައި ހެދުން.

ގުޅުއްވުމަށް

Vashafaru School logo
ހއ. ވަޝަފަރު
ވަށަފަރު ސްކޫލް، މަދަރުސާ މަގު، ހއ. ވަށަފަރު، 01090
+960 6500247