Hdh. Atoll Education Centre logo

ހދ. އަތޮޅު

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 01 މާރިޗު 1979

map

ދަރިވަރުން

1044 +

މުދައްރިސުން

84 +

އިދާރީ މުވައްޒަފުން

50 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހދ. އަތޮޅު ތައުލީމީ މަރުކަޒަކީ އަތޮޅު ތެރޭގައި ތައުލީމުގެ ފުރުޞަތު ހުޅުވާލުމަށް ސަރުކާރުން ޔުނިސެފްގެ އެހީއާއިއެކު ހިންގި ޕުރޮގުރާމުގެ ދަށުން އަތޮޅުތެރޭގައި ހުޅުވި ދެވަނަ ސުކޫލެވެ. 18 މާރޗް 1978 ގައި ހދ އަތޮޅުވެރިޔާ އަލްފާޟިލް ތިޔަރަ މުޙައްމަދު ރަޝީދު ބިންގާ އަޅުއްވައިދެއްވި ސުކޫލު އިމާރާތްކޮށް ނިމި 1 މާރޗް 1979 ވަނަ އަހަރު ހުޅުވައިދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ހދ. ކޮމިޔުނިޓީ ސުކޫލުގެ ނަމުގައި ހިންގަންފެށި މިސުކޫލުގެ ފުރަތަމަ އަހަރު ސްކޫލުގައި ކިޔަވާފައިވަނީ 80 ދަރިވަރުންނެވެ. ނަމަވެސް ޙާއްޞަ ކުލާހުގެ ދަރިވަރުންގެ ގޮތުގައި މަދުރަސަތުލް އަމީރުއަމީން ގައި ތައުލީމް ޙާޞިލް ކުރަމުން ދިޔަ 100 ދަރިވަރުން މިސުކޫލަށް ބަދަލުކުރެވިފައި ވެއެވެ.

މޮޓޯ އުންމީދު ކުރާށެވެ. މަސައްކަތްކުރާށެވެ. ކާމިޔާބު ވާނެއެވެ
ތަޞައްވަރު

ޒިންމާދާރު ރައްޔިތެއް ބިނާކުރުން

މުހިންމަތު

އަޅުގަނޑުމެންގެ ސްކޫލަކީ ދަރިވަރުންގެ ދީނީ އަޤީދާ އާއި، ރޫޙާނީބައި ތަރައްޤީކޮށް، ދަރިވަރުންގެ އިލްމީ ޤާބިލްކަން ތަޖުރިބާއާ އެކު ކުރިއަރުވާ، ދަރިވަރުންގެ ސިކުނޑީގެ ތަރައްޤީއާއި ސިއްޙީ ދުޅަހެޔޮކަން ކުރިއެރުވުމާއި، ދަރިވަރުންގެ ޖިސްމާނީ ތަރައްޤީއަށް މަސައްކަތް ކޮށް އަދި ދަރިވަރުންގެ ސުލޫކާއި އަޚްލާޤް ބައްޓަންކުރާ ސުކޫލެކެވެ.

ގުޅުއްވުމަށް

Hdh. Atoll Education Centre logo
ހދ. ކުޅުދުއްފުށި
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަމީނީ މަގު، ހދ. ކުޅުދުއްފުށި، 02110
+960 6528817