Finey School logo

ހދ. އަތޮޅު

ފިނޭ ސްކޫލް

އުފެދުނީ: 04 އޮކްޓޯބަރު 1967

map

ދަރިވަރުން

96 +

މުދައްރިސުން

24 +

އިދާރީ މުވައްޒަފުން

7 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ފިނޭ ސްކޫލަކީ 102 ދަރިވަރުނާއެކު އެލްކޭޖީން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

މޮޓޯ ފުރިހަމަވުމަށް އިލްމު އުނގެނޭށެވެ.
ތަޞައްވަރު

އަޅުގަނޑުމެންގެ ދަރިވަރުންނަކީ އެންމެ ފުރިހަމަ ގޮތުގައި ތަޢުލީމު ހޯދާ، އިސްލާމީ އަގުތަކުގައި ހިފަހައްޓައިގެން ތިބެ، މުޖުތަމަޢު ޤަބޫލުކުރާ ޝަޙުސިއްޔަތެއްގެވެރި، އުފާވެރި، ބިނާކުރަނިވި ފަހި އުނގެނުމުގެ މާހައުލެއްގައި ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ތަނަވަސް ވެފައިވާ، މުސްތަޤްބަލަށް ފައިދާހުރި ނަމޫނާ، އަގުހުރި ރައްޔިތަކަށްވެ، މުޖުތަމައުގައި ޒިންމާދާރު އަދި އިޙްތިރާމް ލިބިގެންވާ ބަޔަކަށް ހެދުމެވެ.

މުހިންމަތު

އަޅުގަނޑުމެންގެ އަމާޒަކީ، އިސްލާމް ދީނުގެ ޙުކުމްތަކަށް ބޯލަބާ ދަރިވަރުންގެ ބޭނުންތަކަށް ބަލައިގެން ޤައުމަށް ބޭނުންތެރި ދަރިންތަކެއް ތަރުބިއްޔަތުކުރުމާއިއެކު އަޅުގަނޑުމެންގެ ދަރިވަރުންނަކީ ޢިލްމު އުނގެނުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާ، ދިރިއުޅުމާއި ކުރިމަތިލާއިރު، އުފާވެރި، ޙަރަކާތްތެރި، އަޚްލާގް ރަނގަޅު އަދި މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރިވާ ޒިންމާދާރު ބަޔަކަށްހެދުމެވެ. އަދި އަޅުގަނޑުމެންބޭނުންވަނީ އަޅުގަނޑުމެންގެ ސްކޫލުގެ މާހައުލަކީ ދަރިވަރުންގެ ކިބައިގައިވާ ހުނަރުތައް ދެނެގަންނަ، އަބަދުވެސް ކުރިއެރުމަށް ފުރުސަތުލިބޭ، އަދި ބެލެނިވެރިންނާއި މުޖުތަމަޢުގެ ހިތްވަރާއި ލޯތްބާއި އެކު ތަޢުލީމީ ގޮތުންނާއި އިތުރު ޙަރަކާތްތަކުންވެސް ދަރިވަރުންނަށް ރަނގަޅު ނަތީޖާ ނެރެވޭނެފަދަ މާހައުލަކަށް ހެދުމެވެ.

ގުޅުއްވުމަށް

Finey School logo
ހދ. ފިނޭ
ފިނޭ ސްކޫލް، ބޮޑު މަގު، ހދ. ފިނޭ، 02030
+960 6520539