Hirimaradhoo School logo

ހދ. އަތޮޅު

ހިރިމަރަދޫ ސްކޫލް

އުފެދުނީ: 05 ޖުލައި 1969

map

ދަރިވަރުން

37 +

މުދައްރިސުން

17 +

އިދާރީ މުވައްޒަފުން

5 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހދ. ހިރިމަރަދޫ ސުކޫލަކީ 05 ޖުލައި 1969 ގައި ""މަކްތަބުއް ޞަބާޙު"" ގެ ނަމުގައި ރަޖިސްޓްރީކޮށް ހިންގަން ފަށާފައިވާ ސުކޫލެކެވެ. 26 ޖުލައި 1980 ގައި ސުކޫލުގެ ނަން ""ހިރިމަރަދޫ މަކްތަބަށް"" ބަދަލުކުރެވި ހިންގުމަށްފަހު 16 މާރިޗް 1997 ގައި ""ހިރިމަރަދޫ ސުކޫލް"" ގެ ނަމަށް ވަނީ ބަދަލުކުރެވިފައެވެ. މި ސުކޫލަކީ ސަރުކާރު ސުކޫލެއްގެ ގޮތުގައި ފައުންޑޭޝަނުން ފެށިގެން ކީ ސްޓޭޖް 4 އާ ހަމައަށް ކިޔަވައިދުނުމުގެ ޤާބިލްކަން ލިބިފައިވާ ސުކޫލެކެވެ. މި ސާރވިސް ޗާޓަރއަކީ މި ސްކޫލުން ދެވޭ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސާރވިސް ޗާޓަރެވެ.

މޮޓޯ ތަޢުލީމަކީ މަޢުލޫމާތެވެ.
ތަޞައްވަރު

ހިރިމަރަދޫ ސްކޫލަކީ ސްކޫލުހިމެނޭ ސަރަހައްދުގެ މިސާލީ ސްކޫލެއްގެ ގޮތުގައި ވާނެއެވެ.ކަމަށް ކަމޭހިތާ މުވައްޒަފުންގެ ތަޖުރިބާއިން ރަނގަޅު ނަތީޖާނެރެ، ދަރިވަރުންގެ ސްލޫކު ރަނގަޅުވެ، ކުޅިވަރާއި އިތުރު ހަރަކާތްތަކުން ރަނގަޅު ކާމިޔާބީ ހޯދާ، ސްކޫލާ، ދީނާ، ޤައުމުދެކެ ލޯބިވާ ބައަކަށް ވާނެއެވެ.

މުހިންމަތު

ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް،ރަނގަޅު މާހައުލެއް ޤާއިމުކޮށް، މަޢުލޫމާތު މުއްސަނދިކޮށް،ދަރިވަރުން ބާރުވެރިކުރުވާ،އިޖުތިމާޢީ، ތަޢުލީމީ،އަދި ދީނީގޮތުން ޙައްސާސީ މާހައުލެއް އުފައްދައިގެން ވަޠަނާއި ޤައުމުދެކެ ލޯބިވާ ބައަކަށް ހަދާނެއެވެ.

ގުޅުއްވުމަށް

Hirimaradhoo School logo
ހދ. ހިރިމަރަދޫ
ހިރިމަރަދޫ ސްކޫލް، ސޯސަން މަގު، ހދ. ހިރިމަރަންދޫ، 02050
+960 6520536