Nolhivaranfaru School logo

ހދ. އަތޮޅު

ނޮޅިވަރަންފަރު ސްކޫލް

އުފެދުނީ: 19 މޭ 1969

map

ދަރިވަރުން

314 +

މުދައްރިސުން

36 +

އިދާރީ މުވައްޒަފުން

46 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ސްކޫލް ސަރުކާރުގެ ރަސްމީ އިދާރާއެއްގައި ފުރަތަމަ ރަޖިސްޓަރީ ކުރެވިފައި ވަނީ 1969 ވަނަ އަހަރުގެ މެއި މަހުގެ 19 ވީ ހޯމަ ދުވަހު. މިހާރު މިސްކޫލްގެ އާބާދީގައި 324 ދަރިވަރުން ކިޔަވަމުންދޭ. މަސައްކަތްކުރައްވަނީ 45 މުވައްޒަފުން. ސްކޫލް ހިނގަމުންދަނީ އެއް ދަންފަޅީގެ ސްކޫލެއްގެ ގޮތުގައި.

މޮޓޯ ކާމިޔާބު ޙާޞިލު ކުރާނީ ގުޅިގެން
ތަޞައްވަރު

"އިސްލާމްދީނުގެ އަސާސްތަކާއި އެއްގޮތަށް ޢަމަލުކުރާ، ޤައުމަށް ވަފާތެރި، ޢިލްމާއި ހުނަރު ލިބިގެންވާ، ހިތްވަރުގަދަ، ބޭނުންތެރި ޖީލެއް ބިނާކުރުން" އެވެ.

މުހިންމަތު

އިސްލާމްދީނުގެ ޢިލްމުލިބިގެންވާ، ދީނުގެއަސާސްތަކާއި އެއްގޮތަށް ޢަމަލު ކުރުމުގައި ދެމިތިބޭ ދަރިވަރުންތަކަކަށް ހެދުން. ގައުމަށްވަފާތެރި ދަރިވަރުންތަކެއް ކަމުގައި ހެދުން. ބަވަނަވަންތަ މުޖުތަމަޢެއްގައި ކާމިޔާބު ދިރިއުޅުމެއް އުޅެވޭނޭފަދަ ޢިލްމާއި ހުނަރު ލިބިގެންވާ ހިތްވަރުގަދަ، ބޭނުންތެރި ދަރިވަރުންނަށް ހެދުން."

ގުޅުއްވުމަށް

Nolhivaranfaru School logo
ހދ. ނޮޅިވަރަންފަރު
ނޮޅިވަރަންފަރު ސްކޫލް، ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، 02060
+960 6520535