Sh. Atoll School logo

ށ. އަތޮޅު

ށ. އަތޮޅު މަދަރުސާ

އުފެދުނީ: 23 ޖެނުއަރީ 1986

map

ދަރިވަރުން

319 +

މުދައްރިސުން

43 +

އިދާރީ މުވައްޒަފުން

23 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ށ. އަތޮޅު މަދަރުސާ އަކީ ށ. ކަނޑިތީމުގައި ހުންނަ މަދަރުސާއެކެވެ. ޖަޕާން ސަރުކާރުގެ ހިލޭއެހީގެ ދަށުން މިމަދަރުސާ އިމާރާތް ކުރަން ފަށައިފައިވާނީ 1985 ވަނަ އަހަރުއެވެ. 1986 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބަލް ޑރ. މުހައްމަދު ޒާހިރު ހުސައިން ހުޅުއްވާ ދެއްވި މި މަދަރުސާގެ ކިޔެވުން ފެށުނު އިރު ގްރޭޑް ކުލާހަކާއި ޚާއްސަ ކުލާސް ތަކެއް އުފެދިފައިވެއެވެ. 1998 ވަނަ އަހަރު ބިޒްނަސް ސްޓްރީމުގެ ކިޔެވުން ޘާނަވީމަރުހަލާއަށް ފެށުނެވެ. އަދި ފުރަތަމަފަހަރަށް އޯލެވެލް އިމްތިހާނެއްގައި މަދަރުސާގެ ދަރިވަރުން ބައިވެރިކުރެވިފައިވަނީ 2000 ވަނަ އަހަރުއެވެ. 2002 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ މަދަރުސާގައި ސައިންސް ސްޓްރީމް ތައާރަފްކޮށް ސައިންސް ކުލާސްތަކަކާއެކުއެވެ. 2016 ވަނަ އަހަރު ޕްރީސްކޫލް ތަޢުލީމު މި މަދަރުސާގައި ފެށުމާއި އެކު މި މަދަރުސާ މިވަނީ އެލް ކޭ ޖީން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ސެކަންޑަރީގައި ދެސްޓްރީމް އޮންނަ އެއް ދަންފަޅިއަށް ކިޔަވައިދޭ މަދަރުސާ އެއްގެ ގޮތުގައި ހިމެނިފައެވެ.

މޮޓޯ " މޮޅުވުމަށް މަސައްކަތް ކުރާށެވެ."
ތަޞައްވަރު

އެކުވެރިކަމާއި އެއްބައިވަންތަ މާހައުލެއްގައި، ތަފާތު ރޮނގުތަކުން ތައުލީމް ހާސިލްކޮށްގެންތިބި، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޒިންމާދާރު އިލްމީ އަދި އަމިއްލަ ހައިސިއްޔަތުން ކާމިޔާބު ހޯދާ ދަރިވަރުންތަކެއް ބިނާކުރުން.

މުހިންމަތު

ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް، އިޖްތިމާއީ އަދަބުތަކަށް އަހުލުވެރިކޮށް، ދަރިވަރުންގެ އިލްމީ ޤާބިލްކަން އިތުރުކޮށް، ޒިންމާދާރު ރައްޔިތެއްކަމުގައިވުމަށް ބާރުއަޅާ، މުޖްތަމައުގެ ކަންތައްތަކުގައި އަމަލީގޮތުން ބައިވެރިވެ، ގުޅިގެން ކުރިއަރާ ދަރިވަރުންތަކެއް ބިނާކުރުން.

ގުޅުއްވުމަށް

Sh. Atoll School logo
ށ. ކަނޑިތީމު
ށ. އަތޮޅު މަދަރުސާ، އަމީނީ މަގު، ށ. ކަނޑިތީމު، 03010
+960 6540059