Feevaku School logo

ށ. އަތޮޅު

ފީވަކު ސްކޫލް

އުފެދުނީ: 24 އޮކްޓޯބަރު 1979

map

ދަރިވަރުން

160 +

މުދައްރިސުން

26 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ފީވަކު ސްކޫލް އުފެދިގެން އައީ 24 އޮކްޓޯބަރު 1979 ވަނަ އަހަރު ޙަމީދީ ސްކޫލުގެ ނަމުގައެވެ. 1981 ވަނަ އަހަރު ޙަމީދީ ސްކޫލުގެ ނަން ފީވަކު ސްކޫލުގެ ނަމަށް ބަދަލުކުރެވުނެވެ. އަދި މިސްކޫލު ހުންނަނީ ށ. އަތޮޅު ފީވަކު ގައެވެ. މީގެ އިތުރުން މިސްކޫލަކީ ހަމައެކަނި ފީވަކު ގައި ތަޢުލީމްދޭ މަރުކަޒެވެ. އެންމެ ކުރިން މިސްކޫލް ހިންގާފައިވަނީ ދިވެހި ސަރުކާރުގެ އެހީއާއެކު ކޮމިއުނިޓީ ސްކޫލެއްގެ ގޮތުގައެވެ. މީލާދީ ސަނަތުން 2005 ވަނަ އަހަރު މި ސްކޫލުވެގެން ދިޔައީ ސަރުކާރު ސްކޫލެއްގެ ގޮތުގައެވެ. މިސްކޫލުން އެލް.ކޭ.ޖީ. އިން ފެށިގެން ދަށު ސާނަވީ މަރުޙަލާއަށް ކިޔަވާދެއެވެ.

މޮޓޯ ތަނެއް ބިނާކުރެވޭނީ މީހުން ބިނާކޮށްގެންނެވެ.
ތަޞައްވަރު

ޙަޔާތަށާއި ދިރިއުޅުމަށް ބޭނުންވާ ރޫހާނީ ތަރުބިއްޔަތާ ތަޢުލީމް ފޯރުވައިދޭ، ފެންވަރު ރަނގަޅު މަރުކަޒަކަށް ހެދުން

މުހިންމަތު

އަމިއްލަ ނަފްސަށް ޔަޤީންކަން އޮންނަ އަދި އެހެން މީހުންނަށް އިޙްތިރާމްކޮށް ކިމަންތެރިވާ ދަރިވަރުންތަކެއް އުފެދޭނެ ފަދަ އުފާވެރި އުއްމީދީ މާޙައުލެއް ފަހިކޮށްދިނުން، އިސްލާމްދީނާއި ޤައުމު ދެކެ ލޯބިވާ އަދި ދިރިއުޅުމުގެ ގޮންޖެހުންތަކާއި ކުރިމަތިލެވޭ ފަދަ ޤާބިލު ފަރުދުންތަކެއް އުފެއްދުން.

ގުޅުއްވުމަށް

Feevaku School logo
ށ. ފީވައް
ފީވަކު ސްކޫލް، ދޮން އަލި ކަތީބު މަގު، ށ. ފީވައް، 03050
+960 6540543