Sh. Feydhoo School logo

ށ. އަތޮޅު

ފޭދޫ ސްކޫލް

އުފެދުނީ: 23 ޖޫން 1991

map

ދަރިވަރުން

210 +

މުދައްރިސުން

46 +

އިދާރީ މުވައްޒަފުން

7 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ށ. ފޭދޫ ސްކޫލް ފުރަތަމަ ރެޖިސްޓްރީ ކުރެވިފައިވަނީ، 23 ޖޫން 1981 ވަނަ އަހަރު، ""ފޭދޫ މަކްތަބް""ގެ ނަމުގައެވެ. އަދި 19 ޖެނުއަރީ 1994 ވަނަ އަހަރު، ސްކޫލުގެ ނަން ""ފޭދޫ މަކްތަބް"" އިން ""ފޭދޫ ސްކޫލް"" އަށް ބަދަލުކުރެވުނެވެ. ފަށާ ތައުލީމްދޭ ސްކޫލެއްގެ ގޮތުގައި ފެށުނު މިސްކޫލް، މެދު މަދަރުސީ ފަހަނަ އަޅާ މިއަދު މިވަނީ ސަނާވީގެ މަރުޙަލާއާ ހަމައަށް ވާސިލްވެފައެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލަކީ ދެދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ. ސާނަވީ މަރުހަލާގެ ދަރިވަރުންނަށް ސައިންސް ސްޓްރީމާއި ބީޓެކް ސްޓްރީމަށް ކިޔެވުމުގެ ފުރުސަތު ދެވިފައިވާ މިސްކޫލުން އެންމެ އިސްކަމެއްދޭ އިސް ލަނޑުދަނޑިއަކީ ސްކޫލްގެ ތަސައްވަރާއި އަމާޒަށް ވާސިލްވުމާއި ކޮންމެ ގްރޭޑަކަށްވެސް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް އެ ދަރިވަރެއްގެ ޤާބިލުކަން ހުރި މިންވަރަކުން ޢިލްމީ ގޮތުން ދަރިވަރުން ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މި ސްކޫލްގެ މޮޓޯކަމުގައި ކަނޑައަޅާފައިވަނީ އަޒުމާއި އިޚްލާސްތެރިކަން - ކާމިޔާބީގެ އަސްލު(.) މިއެވެ.

މޮޓޯ އަޒުމާއި އިޙްލާސްތެރިކަން ކާމިޔާބީގެ އަސްލު
ތަޞައްވަރު

ދމިސްކޫލްގެ ވިޝަނަކީ ލިބިފައިވާ ވަޞީލަތްތަކާއެކު، ޒަމާނީ ފެންވަރުގެ ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދީ، ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމާއި ދީނީ ރޫޙް އާލާކޮށް، އިންސާފަށް ލޯބިކުރުމާއެކު ޤައުމީ ލޯބި ދިރުވާ، ދިރިއުޅުމުގެ މައިދާނަށް ލޯހުޅުވިފައިވާ ޤާބިލް ދަރިންތަކެއް އުފެއްދުމެވެ.

މުހިންމަތު

މިސްކޫލްގެ މިޝަންއަކީ ދީންވެރި، ހުނަރުވެރި، އުފެއްދުންތެރި، ޒިންމާދާރު އަދި ބަދަލުވަމުންދާ ދުނިޔެއަށް ލޯހުޅުވިފައިވާ މުޖުތަމަޢުއެއް ބިނާކުރުމެވެ.

ގުޅުއްވުމަށް

Sh. Feydhoo School logo
ށ. ފޭދޫ
ށ. ފޭދޫ ސްކޫލް، މަރުކަޒީ ހިނގުން، ށ. ފޭދޫ، 03040
+960 6540579