N. Atoll Education Centre logo

ނ. އަތޮޅު

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 19 ފެބްރުއަރީ 1981

map

ދަރިވަރުން

379 +

މުދައްރިސުން

48 +

އިދާރީ މުވައްޒަފުން

17 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މި ސްކޫލް ހުޅުވުނީ 19 ފެބްރުއަރީ 1981 ގައެވެ. ސްކޫލް ބިންގާ އަޅުއްވައިދެއްވާ، ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނެވެ. ސްކޫލުގެ ފުރަތަމަ ނަމަކީ ނ.ކޮމިޔުނިޓީ ސްކޫލެވެ. ފުރަތަމަ އަހަރު ކިޔަވައިދިނީ ގްރޭޑް 1 އަދި ޚާއްސަ ކުލާސް 1،2 އަށެވެ. އޭރު ސްކޫލުގައި ތިބީ ގްރޭޑް 1 ގެ 91 ދަރިވަރުންނާއި ޚާއްސަކުލާހުގެ 61 ދަރިވަރުންނާއެކު ޖުމްލަ 152 ދަރިވަރުންނެވެ. ސާނަވީ ތަޢުލީމް ފެންވަރަށް ކިޔަވައިދޭން ފެށުނީ 1992 ގައެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާން ފުރަތަމަ ހެދީ 1996 ގައެވެ.

މޮޓޯ ހިތްވަރު ކުރާނަން، ކިޔަވާނަން، މޮޅުވާނަން
ތަޞައްވަރު

އަޅުގަނޑުމެންގެ ތަޞައްވުރަކީ ނ. އަތޮޅު ތަޢުލީމީ މަރުކަޒަކީ އިސްލާމް ދީނުގެ އަސާސްތަކާއި، ދަރިވަރުންގެ ބޭނުންތަކާ ގުޅޭގޮތަށް، ފެންވަރު ރަގަޅު ތަޢުލީމީ ފުރުސަތުތަކެއް ފޯރުކޮށްދޭ، ނަތީޖާ ހާސިލުކުރުމާއެކު، ރާއްޖޭގައި ނަންހިނގާ ސްކޫލެއްކަމުގައިވުން.

މުހިންމަތު

އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަނީ: ތަޢުލީމީ ގޮތުން މޮޅު، ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިވާ، ދިވެހި އިސްލާމީ މަޖުތަމަޢު ބޭނުންވާފަދަ މަޢުލޫމާތާއި، ހުނަރާއި ސިފަ ލިބިގެންވާ ދިވެހި ފަރުދުން ބިނާކުރުމަށެވެ.

ގުޅުއްވުމަށް

N. Atoll Education Centre logo
ނ. ވެލިދޫ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު، ސޯސަން މަގު، ނ. ވެލިދޫ، 04130
+960 6560019