N. Atoll school logo

ނ. އަތޮޅު

ނ. އަތޮޅު މަދަރުސާ

އުފެދުނީ: 01 މާރިޗު 1979

map

ދަރިވަރުން

377 +

މުދައްރިސުން

43 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ނ. އަތޮޅު މަދަރުސާ އެންމެ ފުރަތަމަ ހުޅުއްވައިދެއްވީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ. މަނަދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ 1979 ވަނަ އަހަރު މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ. އަދި 1985 ވަނަ އަހަރު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އަތޮޅުތަކުގައި އަޅަމުންދިޔަ ސުކޫލުތަކުގެ ތެރެއިން މިހާރު ކިޔަވައިދެމުން މިގެންދާ ނ. އަތޮޅު މަދަރުސާ ވުޖޫދަށް އައެވެ. އަދި މިމަދަރުސާއަށް ނ.އަތޮޅު މަދަރުސާގެ ނަމުން ނަންދެވުނެވެ.

މޮޓޯ ކިޔަވާނަން، ހިތްވަރުކުރާނަން، މޮޅުވާނަން
ތަޞައްވަރު

ނ. އަތޮޅުމަދަރުސާއަކީ އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓާ ދަރިވަރުންގެ އުއްމީދުތައް ޙާޞިލްކުރުމަށް މަގުފަހިކޮށްދޭ، ނަތީޖާ ޙާޞިލްކޮށްދޭ، ތަޢުލީމީ ގޮތުން ނަންވިދާ ސްކޫލެއް ކަމުގައި ވުމެވެ.

މުހިންމަތު

އަޅުގަނޑުމެން ގަދައަޅާ މަސައްކަތްކުރަނީ ތަޢުލީމީގޮތުނެ މުޅު، ފުރިހަމަ ތަރުބިއްޔަތެއް ލިބިގެންވާ، ދިވެހި އިސްލާމީ މުޖުތަމަޢުއަށް ބޭނުންވާފަދަ، މަޢުލޫމާތާއި. ހުނަރާއި، ސިފަ ލިބިގެންވާ ދިވެހި ފަރުދުން ބިނާކުރުމަށެވެ.

ގުޅުއްވުމަށް

N. Atoll school logo
ނ. މަނަދޫ
ނ. އަތޮޅު މަދަރުސާ، އާމަގު، ނ. މަނަދޫ، 04100
+960 6560003