Kendhikulhudhoo School logo

ނ. އަތޮޅު

ކެނދިކުޅުދޫ ސްކޫލް

އުފެދުނީ: 28 ފެބްރުއަރީ 1967

map

ދަރިވަރުން

461 +

މުދައްރިސުން

49 +

އިދާރީ މުވައްޒަފުން

17 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ކެނދިކުޅުދޫ ސްކޫލަކީ ދިވެހިރާއްޖޭގައި 3 ކެމްޕަހެއްގައި ހަމައެކަނި ހިންގުނު ސްކޫލެވެ. ކެނދިކޮޅު އަވަށުގަޔާއި ކުޅުދޫ އަވަށުގައި ދިރިއުޅޭ ގްރޭޑް 1 ން 6 ގެ ދަރިވަރުންނަށް އެއަވަށެއްގެ ސްކޫލްގައި ކިޔަވައިދެމުން ގެންދެވުނުއިރު 2012 ވަނަ އަހަރާއި ހިސާބަށް ގްރޭޑް 7 ން 12 އަށް ކިޔަވައިދިނުން ގެންދެވިފައިވަނީ ކެނދިކުޅުދޫ އިޖްތިމާޢީ މަރުކަޒުގައެވެ. ކެނދިކުޅުދޫ ސްކޫލް ގެ އައު އިމާރާތުގައި ކިޔަވައިދޭން ފެށި އެއްދަންފަޅިއަށް ކިޔަވައި ދޭ ސްކޫލްކަށް ބަދަލް ކުރެވިފައިވަނީ 12 ޖޫން 2012 ގައެވެ. 2003 ވަނަ އަހަރަކީ ކެނދިކުޅުދޫސްކޫލަގައި ސެކްންޑްރީ ތައުލީމް ފެށިގެން ދިޔަ އަހަރު ކަން ފާހަގަ ކުރަމެވެ. ހަމަމިޔާއެކު ކެނދިކުޅުދޫ ސްކޫލްގައި ހަޔަރ ސެކަންޑްރީ އަށް ކިޔަވައި ދިނުމަށް ފެށިފައިވަނީވެސް 2005 ވަނަ އަހަރުގެ ޖޫންމަހުގައެވެ.

މޮޓޯ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރެވޭނީ ޢިލްމު އުގެނިގެންނެވެ.
ތަޞައްވަރު

އަޅުގަނޑުމެންގެ ތަޞައްވުރަކީ ކެނދިކުޅުދޫ ސްކޫލްގެ ކޮންމެ ދަރިވަރަކީ ޢިލްމާއި ހުނަރު ލިބިފައިވާ، ދިރިއުޅުމުގައި ކާމިޔާބު ދަރިވަރުންތަކެއް އުފައްދައިދޭ ކާމިޔާބު ސްކޫލަކަށް ވުމެވެ.

މުހިންމަތު

އަޅުގަނޑުމެންގެ އަމާޒަކީ ކެނދިކުޅުދޫ ސްކޫލްގެ ކޮންމެ ދަރިވަރަކީ އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރި، ދިވެހި ޤައުމިއްޔަތު ދިރުވައި، އަމިއްލަ ނަފްސަށް އިތުބާރުކުރާ ދަރިވަކަށް ހެދުމެވެ. އަދި އުނގެނުމަށް ލޯބިކުރާ، ކަންކަން ބަލައި ހޯދާ ތަޖުރިބާކުރާ، އުފެއްދުންތެރި، ޢިލްމާއި ހުނަރު ހުރި، ޒިންމާދާރު، ޤާބިލު ދަރިވަރަކަށް ހެދުމެވެ.

ގުޅުއްވުމަށް

Kendhikulhudhoo School logo
ނ. ކެނދިކުޅުދޫ
ކެނދިކުޅުދޫ ސްކޫލް، އަހްމަދީ މަގު، ނ. ކެނދިކުޅޫދޫ، 04020
+960 6560546