Lhohee School logo

ނ. އަތޮޅު

ޅޮހީ ސްކޫލް

އުފެދުނީ: 15 އޭޕްރީލު 1984

map

ދަރިވަރުން

183 +

މުދައްރިސުން

29 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޅޮހީގައި ރަސްމީ ތަޢުލީމު ފެށިގެން އައީ 1967 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު. މަދަރުސާހުޅުވުނު އިރު ޙަރަކާތްތެރި ވަމުން ދިޔައީ 30 އަށްވުރެ މަދު ދަރިވަރުންނާއިއެކު، އެކެއް ނުވަތަ ދެ އެދުރުބެއިން. ދިވެހިރާއްޖެއަށް ޖުމްހޫރިއްޔާގެ ނަމުގާ އައި ބޮޑުބަދަލާއެކު ރާއްޖޭގެ ރަށްރަށުގައި ތަޢުލީމީ ބިނާތަކެއް ޢިމާރާތްކުރެވުނު. އެގޮތުން1980 ވަނަ އަހަރު އޮކްޓޯބަރ މަހު 26 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް، ޅޮހީ މަކުތަބުގެ ނަމުގައި އާ އިމާރާތެއް ހުޅުވައިދެއްވި. އެއާއެކު ފުރަތަމަ ފަހަރަށް ހުދު ޔުނީފޯމް ތަޢާރަފު ކުރެވި ޒަމާނީ ތަޢުލީމު ގެ ފެށުން އައި. އެއަށްފަހު 1992 ވަނަ އަހަރު ގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އަޅުގަނޑުމެން މިދެކޭ ޢިމާރާތް ގުރޭޑް 1 ން 5 ށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި ހުޅުވުނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ސްކޫލް ރަޖިސްޓްރީ ކުރެވުނު ތާރީޚް އަކީ 1984 އޭޕްރިލް 15 ވަނަ ދުވަހެވެ.

މޮޓޯ " ކާމިޔާބީޙާޞިލްކުރުމަށް ވަފާތެރިވާށެވެ."
ތަޞައްވަރު

ކުދިންނަށް އަޅާލާ، ހިތްވަރުދޭ މާޙައުލެއްގައި ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ގާބިލުކަމުގެ އެންމެ ފުރިހަމައަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުން.

މުހިންމަތު

ޅޮހީ ސްކޫލްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ބެލެނިވެރިންނާއި، ރަށުގެ މުޖްތަމަޢުގެ އެހީތެރިކަމާއިއެކު، ދަރިވަރުންނަށް އުނގަންނައިދެވޭ އިސްލާމީ އަޤީދާއާއި ވިސްނުންތަކުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމު މުއްސަނދި ކުރުމަށެވެ. އަޅުގަނޑުމެންގެ މަސައްކަތަކީ ހުރިހާ ދަރިވަރުންނަކީވެސް ވިސްނުމުގެ ގޮތުންނާއި، ޖިސްމާނީ ގޮތުން ކުރިއަރާފައިވާ، އަދި ރަނގަޅު ގޮތްތަކުގައި ހިފަހައްޓާ، ގަދަރުވެރި ރައްޔިތުންގެ ގޮތުގައި ދިވެހިރާއްޖޭގެ މުޖްތަމަޢު އަށް ނިކުތުމަށް ތައްޔާރަށް ތިބި ދަރިވަރުންނަށް ވުމަށް އެހީތެރިވުން.

ގުޅުއްވުމަށް

Lhohee School logo
ނ. ޅޮހި
ޅޮހީ ސްކޫލް، އޯކިޑް މަގު، ނ. ޅޮހި، 04070
+960 6560573