ދަރިވަރުން
189 +މުދައްރިސުން
38 +އިދާރީ މުވައްޒަފުން
ނ. މާޅެންދޫ ސްކޫލަކީ 6 ފެބްރުއަރީ 1978 ގައި ރަޖިސްޓްރީކުރެވި، ގާތްގަނޑަކަށް 50 އަހަރު ވަންދެން ފަޚުރުވެރިކަމާއެކު އެ ރަށުގެ މުޖުތަމަޢުއަށް ޚިދުމަތް ކުރަމުން އަންނަ ސްކޫލެކެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވުނީ 1991 ގައެވެ. އެއީ ބިޒްނަސް ސްޓްރީމްއާއެކުގައެވެ. 2006 ވަނަ އަހަރާ ހަމައަށް އައިއިރު، ސާނަވީ ތަޢުލީމު ވެސް ތަޢާރަފުކުރެވި، ސްކޫލުގެ ކުރިއެރުމުގައި މުހިންމު ސަފުހާއެއް ފެށިގެން ދިޔައެވެ. 2015 ގައި ނ. މާޅެންދޫ ސްކޫލުން ދަސްވާރު ޕްރޮގްރާމާއި ކޮމްބައިންޑް ސްޓްރީމް ތަޢާރަފުކުރިއެވެ. މިއީ ސްކޫލުގެ ތަޢުލީމީ ފުރުޞަތުތައް އިތުރަށް ފުޅާކޮށް، ދަރިވަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް ފެތޭގޮތަށް ފުރިހަމަ އަދި ބަދަލުވަމުންދާ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ހެއްކެކެވެ.
އަޅުގަނޑުމެންގެ ތަޞައްަވުރަކީ އުނގެނުމުގެ ތަފާތު ތަޖުރިބާތަކާއިއެކު ތައުލީމީ ގޮތުން ކުރިއަށްދާ، ހަމަހަމަ ގޮތެއްގައި އުނގެނުމުގެ ފުރުޞަތުތަކެއް ފަހިވެފައިވާ މާޙައުލެއް ޤާއިމުކުރެވިފަި އޮތުމެވެ.
އުނގެނުމުގެ ތަފާތު ތަޖުރިބާތަކުން ، ދީންވެރި، އަމާނާތްތެރި ޒިންމާދާރު އަދި ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ހުނަރުވެރިކާއެކު ކުރިމަތިލެވޭ ފަދަ ހަރުދަނާ ޝަޚްޞުން ބިނާކުރުމުގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ މަޤްޞަދެވެ.