Fainu School logo

ރ. އަތޮޅު

ފައިނު ސްކޫލް

އުފެދުނީ: 29 ސެޕްޓެމްބަރު 1981

map

ދަރިވަރުން

104 +

މުދައްރިސުން

26 +

އިދާރީ މުވައްޒަފުން

6 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

29 ސެޕްޓެމްބަރ 1981 ގައި ހުޅުވުނު ފައިނު ސުކޫލަކީ އެލް.ކޭ.ޖީ ން ގުރޭޑް 10 ކާއި ހަމަޔަށް ކިޔަވައިދެމުންދާ ސަރުކާރު ސުކޫލެކެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 104 ދަރިވަރުންނާއި 33 މުވައްޒަފުން މަސައްކަތް ކުރަމުންދާ ފައިނު ސުކޫލަކީ އޯލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ހާސިލުކުރަމުންދާ ކާމިޔާބު ސުކޫލެކެވެ.

މޮޓޯ ކާމިޔާބު ހޯދުމަށް ބާރުވެރިކުރުވުން
ތަޞައްވަރު

”ފައިނު ސްކޫލުގެ ކޮންމެ ދަރިވަރަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި ޒިންމާދާރުކަމާއިއެކު ދިރިއުޅެން ދަސްވެފައިވާ، މުސްލިމް، ދިވެހި މުޖުތަމަޢަށް ބޭނުންތެރި ތަޢުލިމީ ދަރިއެއް.”

މުހިންމަތު

”ފައިނު ސްކޫލުގެ އަމާޒަކީ ލޯތްބާއި އަޅާލުންތެރިކަމާއިއެކު، ފުޅާ ދާއިރާއެއްގައި އުނގެނުމުގެ ފުރުސަތުދީ، އިސްލާމީ ރިވެތި އާދަކާދަތަކުން ޒީނަތްތެރިވެފައިވާ، ދިވެހި ޤައުމަށް ބޭނުންތެރި، ބަވަނަވަންތަ ދުނިޔެއެއްގައި ޒިއްމާދާރު ކަމާއިއެކު ހިއްސާ އަދާކުރެވޭފަދަ ދަރިންތަކެއް އުފެއްދުން."

ގުޅުއްވުމަށް

Fainu School logo
ރ. ފައިނު
ފައިނު ސްކޫލް، ސަހަރާ މަގު، ރ. ފައިނު، 05130
+960 6580358