Inguraidhoo School logo

ރ. އަތޮޅު

އިނގުރައިދޫ ސްކޫލް

އުފެދުނީ: 17 މޭ 1983

map

ދަރިވަރުން

345 +

މުދައްރިސުން

42 +

އިދާރީ މުވައްޒަފުން

17 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އިނގުރައިދޫ ސްކޫލު ރަޖިސްޓްރީ ކުރެވިފައިވަނީ 17 މެއި 1983 ގައި މިސްކޫލުގެ މޮޓޯއަކީ އުނގެނޭށެވެ. އަދި އުނގަންނައިދޭށެވެ. މި ސްކޫލުގެ މިޝަންއަކީ ހުރިހާ ދަރިވަރުންނަށްވެސް ހިތް އުފާވެރި މާހައުލެއްގައި ތަޢުލީމީ މިންގަޑުތަކުގެ އެންމެ މައްޗަށް ވާސިލުވެ، އަދި ކިޔެވުމާއި މެދު ދަރިވަރުންގެ ހިތްޖެހި، ދަރިވަރުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަ ހެޔޮކަން އިތުރުކުރުން.

މޮޓޯ އުނގެނޭށެވެ. އުގައްނައިދޭށެވެ.
ތަޞައްވަރު

ދަރިވަރުންގެ ހިތްތަކުގައި ޤައުމަށާއި އިސްލާމްދީނަށް ލޯތްބާއި އިޙްތިރާމްކުރުން އަށަގަންނުވައި،ޢިލްމީގޮތުން ކުދިންނަށް ކުރިއަށް ދެވިދާނެ މިންވަރަށް ކުރިއަށް ދިއުމަށް ހިތްވަރުލައިދީ މަސައްކަތް ކުރުމާއެކު ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ކޮންމެ ކުއްޖަކުވެސް ބޮޑުވުމަށް މަގުފަހިކޮށްދިނުން.

މުހިންމަތު

އަޅައިލުންލިބޭ އުފައުވެރި، ވާދަވެރި މާހައުލެއްގައި ޢިލްމީގޮތުން ޙާޞިލްކުރެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމަށް ހިތްވަރުލައިދީ އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރުކުރާ ޢިލްމީ،ޖިސްމާނީ އަޚްލާޤީގޮތުން ފެންވަރު ރަނގަޅު ތަޖްރިބާއެއް ޙާޞިލުވުމަށް މަގުފަހިކޮށްދިނުން.

ގުޅުއްވުމަށް

Inguraidhoo School logo
ރ. އިނގުރައިދޫ
އިނގުރައިދޫ ސްކޫލް، ކަލޭފާނު މަގު، ރ. އިނގުރައިދޫ، 05020
+960 6580316