Innamaadhoo School logo

ރ. އަތޮޅު

އިންނަމާދޫ ސްކޫލް

އުފެދުނީ: 03 ޖުލައި 1980

map

ދަރިވަރުން

130 +

މުދައްރިސުން

22 +

އިދާރީ މުވައްޒަފުން

11 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ސްކޫލުގެ ތަޢާރަފް އިންނަމާދޫ ސްކޫލަކީ 29 މާރޗް 1969 ގައި ބިންގާ އެޅި، ""މަކްތަބުއްނޫރު"" ގެ ނަމުގައި 09 މެއި 1983 ވަނަ އަހަރުން ފެށިގެން އުނގަންނައިދެމުން އަންނަ ސްކޫލެއް. އެދުވަސްވަރު މި ސްކޫލުގައި އުނގަންނައި ދެވުނު މާއްދާތަކަކީ ޤުރުއާން، ދީނިއްޔާތު، ހިސާބު، ތަޖުވީދު، އަޚްލާޤު، ޢަރަބި އަދި ދިވެހިބަސް. މި ސްކޫލް ތަޢުލީމީ ވުޒާރާގައި ރަޖިސްޓްރީ ކުރެވިފައިވަނީ 03 ޖުލައި 1980 ވަނަ އަހަރު. މި ތާރީޚުގައި ފެށިގެން ގްރޭޑް 1 ން ފެށިގެން ގްރޭޑް 5 އާއި ހަމައަށް އުންގަންނައި ދެވުނު. އަދި 2004 ވަނަ އަހަރު ގްރޭޑް 08 ތަޢާރަފްކުރެވި، 2010 ވަނަ އަހަރު އެއްދަންފަޅި ސްކޫލަކަށް ބަދަލު ކުރެވި، މިއަދާ ހަމައަށް ގްރޭޑް އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައި ދެވެމުންދޭ.

މޮޓޯ "ބައިވެރިކުރުން، ބާރުވެރިކުރުން އަދި ކުރިއެރުވުން "
ތަޞައްވަރު

އަޅުގަނޑުމެންގެ ތަޞައްވުރަކީ، އިންނަމާދޫ ސްކޫލަކީ، ހުރިހާ ގޮތަކުންވެސް އެންމެ މޮޅު އަދި ނަމޫނާ އެއް ސްކޫލުކަމުގައި ހެދުން.

މުހިންމަތު

އަޅުގަނޑުމެންނަކީ ދަރިވަރުންނާއި ރައްޓެހި ގޮތަކަށް ތަޢުލީމް ފޯރުކޮށްދެމުން އަންނަ، ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، ކުރިއަރަމުން އަންނަ މުސްލިމް މުޖުތަމަޢަކަށް ބޭނުންވާފަދަ، އުފެއްދުންތެރި ދުނިޔޭގެ ކަންކަމަށް ލޯހުޅުވިފައިވާ ރައްޔިތަކު އުފެއްދުމަށްޓަކައި ޢިލްމާއި، ހުނަރާއި ، ވިސްނުމާއި، އަގުތައް ދަސްކޮށްދީ، ދަރިވަރުންގެ ފުރިހަމަ ތަރައްޤީއަށް އަހައްމިއްޔަތުކަންދޭ ބައެއް.

ގުޅުއްވުމަށް

Innamaadhoo School logo
ރ. އިންނަމާދޫ
އިންނަމާދޫ ސްކޫލް، އަމީނީ މަގު، ރ. އިންނަމާދޫ، 05100
+960 6580359