Hithaadhoo School logo

ބ. އަތޮޅު

ހިތާދޫ ސްކޫލް

އުފެދުނީ: 17 އޭޕްރީލު 1951

map

ދަރިވަރުން

204 +

މުދައްރިސުން

61 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

"ހިންމަތާއެކު އަމިއްލަ މަސައްކަތުން އުނގެނުން"" (ހިއުރިސްޓިކް ސްވޮޓް) މޮޓޯއަކަށް ބަލައިގެން، އަދި ""ކާމިޔާބު ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ޖީލެއް ބިނާކުރުމުގެ"" ތަސައްވުރުގައި ހިފައިގެން ބ.ހިތާދޫ ރައްޔިތުންގެ ޖާނާ މާލުން ޤުރުބާން ކޮށް ދަތި އުދަގޫތަކާއެކު 1951 ވަނަ އަހަރުގެ އޭޕްރިލުމަހު 17 ވަނަދުވަހު ކިޔަވާދޭން ފެއްޓެވި ހިތާދޫ ސްކޫލަކީ އަދުގެ ދުނިއަށް ލޯހުޅުވިފައިތިބި ދަރިވަރުންތަކެއް އުފަންކުރެވިފައިވާ ފަޚުރުވެރި ތަޢުލީމުދޭ މަކްތަބެކެވެ. މި ހިޔާވަހިން ނިކުންނަ ކޮންމެ ދަރިވަރަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކުރާ، އިސްލާމީ ތަރުބިއްޔަތުން ޖަރީވެފައިވާ، ޤާބިލް، އުފެއްދުންތެރި އަދި ޒިންމާދާރު ކުއްޖަކަށް ހެދުން އެއީ މުހިންމަތް ކަމަށް ބަލައިގެން ކުރިއަށްދާ މިސްކޫލަކީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވާ އަދި ހޯދަމުން އަންނަ ސުކޫލެކެވެ. ހިތާދޫ ސުކޫލުން ކިޔެވި އެތައް ދަރިންތަކެއް މި ދިވެހިރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި މަތީ ފަންތީގެ ވަޒީފާތައް ޒިންމާދާރުކަމާއެކު ފުރިހަމަ ކުރަމުންދާ މަންޒަރު ހިތާދޫ ރައްޔިތުން އަދި މިސްކޫލް ބަލައިގަންނަނީ ނުހަނު އުފަލުންތިބެއެވެ.

މޮޓޯ ހިންމަތާއެކު އަމިއްލަ މަސައްކަތުން އުނގެނުން
ތަޞައްވަރު

ކާމިޔާބު ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ޖީލެއް ބިނާކުރުން

މުހިންމަތު

ކޮންމެ ކުއްޖަކީވެސް އަމިއްލަ ނަފްސަށް އިތުބާރުކުރާ، އިސްލާމީ ތަރުބިއްޔަތުން ޖަރީވެފައިވާ، ގާބިލް، އުފެއްދުންތެރި އަދި ޒިންމާދާރު ކުއްޖަލަށް ހެދުން

ގުޅުއްވުމަށް

Hithaadhoo School logo
ބ. ހިތާދޫ
ހިތާދޫ ސްކޫލް، ބ. ހިތާދޫ، 06100
+960 6600314