ދަރިވަރުން
364 +މުދައްރިސުން
36 +އިދާރީ މުވައްޒަފުން
މި ސްކޫލަކީ 13 ސެޕްޓެމްބަރ 1980 ގައި ގާފަރު މަކުތަބްގެ ނަމުގައި ރަޖިސްޓްރީ ކުރެވިގެން ހިނގަމުން އަންނަ ސްކޫލެކެވެ. އެއަށްފަހު 1987 ޖޫން 7 ގައި މި ސްކޫލުގެ ނަން ގާފަރު މަދަރުސާގެ ނަމަށް ބަދަލު ކުރެވުނެވެ. އަދި 2005 ވަނައަހަރުގެ އޯގަސްޓް މަހު މި ސްކޫލަކީ ސަރުކާރު ސްކޫލެއްގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން އެއަހަރުން ފެށިގެން މި ސްކޫލުގެ ނަމަކީ ގާފަރު ސްކޫލުގެ ގޮތުގައި ބޭނުންކުރަން ފެށުނެވެ. ނަމަވެސް ގާފަރު ސްކޫލުގެ ނަމުގައި މި ސްކޫލުގެ ނަން ރަޖިސްޓްރީ ކުރެވިފައިވަނީ 2006 ވަނައަހަރުގެ އޮކްޓޯބަރ 1 ގައެވެ. އަދި ހަމަ މިތާރީޚްގައި ސްކޫލުގެ މޮޓޯވެސްވަނީ ބަދަލުކުރެވި ރަޖިސްޓްރީ ކުރެވިފައެވެ. މިހާރު މި ސްކޫލުގެ މޮޓޯއަކީ "" ހޯދާށެވެ. ޙައްލުކުރާށެވެ. އަދި ކާމިޔާބު ކުރާށެވެ."" އިނގިރޭސިބަހުންނަމަ، “Search, Solve and Succeed”. އެވެ.
ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ އަމިއްލަ ނަފުސަށް އިތުބާރުކުރާ ހިތްހެޔޮ އަޚްލާޤު ރަނގަޅު އަދި އުނގެނުމަށް ޝައުޤުވެރިވާ ޤައުމުދެކެ ލޯބިވާ ދަރިވަރަކަށްވުމެވެ.
އިސްލާމްދީނަކީ ދިރިއުޅުމުގެ މައިގަނޑު އަސާސަށްވާތީ، މާތްﷲ އަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު އަޅުކަންކުރުމެވެ. މިފަދަ އަޅުކަމެއްގެ ސަބަބުން އަމިއްލަ ނަފުސުގެ އަގުވަޒަން ކުރުމާއި ރިވެތި އަޚްލާޤާއި ފަރުދީ ގޮތުންނާއި ޖަމާޢަތުގެ ގޮތުން ކާމިޔާބު ޝަޚްޞިއްޔަތަކަށް ވުމުގެ ތެރެއިން ކޮންމެ ދަރިވަރަކުވެސް ކާމިޔާބާ ހަމައަށް ގެންގޮސް ފުރިހަމަ ގޮތުގައި އުނގެނެވޭ އަމާން ވެއްޓަކަށް ވާޞިލް ކޮށްދޭނެއެވެ.