Dhiffushi School logo

ކ. އަތޮޅު

ދިއްފުށީ ސްކޫލް

އުފެދުނީ: 16 ޖުލައި 1981

map

ދަރިވަރުން

260 +

މުދައްރިސުން

33 +

އިދާރީ މުވައްޒަފުން

14 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މާލެ އަތޮޅު ދިއްފުށީގައި ތައުލީމް އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ފޯރުކޮށްދެއްވަން ފައްޓަވާފައިވަނީ ކ. ދިއްފުށީ ފިނިހިޔޭގޭ އަލްމަރުހޫމް ހުސައިން ފިކުރީގެ މަސްއޫލުވެރިކަމުގެ ދަށުން 16 ޖުލައި 1981 ވަނަ އަހަރު އުފެއްދެވި މަކްތަބުލް އަމާނުންނެވެ. 1991 ވަނަ އަހަރު މަކްތަބުލް އަމާން ދިއްފުށީ މަދަރުސާއަށް ބަދަލުކުރެވި، އޭގެ ފަހުން 2006 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ސަރުކާރު ސްކޫލަކަށް ބަދަލުކުރެވުނެވެ. އަދި ސްކޫލުގެ މިހާރުގެ ނަންކަމަށްވާ ދިއްފުށީ ސްކޫލުގެ ނަމަށްބަދަލުވެފައިވަނީ 2010 ވަނަ އަހަރުއެވެ. ސްކޫލުގައި ކިޔަވާދެމުން ގެންދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 4 އަށް ދަރިވަރުން ޖުމްލަ 14 ކުލާސްރޫމްގެ މައްޗަށް ބަހާލެވިގެން އެއް ސެޝަންއަށެވެ. ކީސްޓޭޖް 4 ގެ ދަރިވަރުންނަށް ބިސްނަސް، ސައިންސް އަދި ބީޓެކް ސްޓްރީމްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެފައިވެއެވެ. ސްކޫލުގެ އަމާޒަކީ ސްކޫލުން ނިންމާ ކޮންމެ ދަރިވަރަކީވެސް ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ދަރިވަރަކަށްވުމަށް މަގުދައްކާދިނުމެވެ.

މޮޓޯ "ޖާހިލުކަމުން އެއްކިބާވެވޭނީ ޢިލްމު އުނގެނިގެންނެވެ"
ތަޞައްވަރު

"ދަރިވަރުންނަށް ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ހޯދުމަށް މަގުދައްކުވައިދިނުން"

މުހިންމަތު

ދިއްފުށީ ސްކޫލުން ތަޢުލީމު ޙާޞިލުކުރާ ކޮންމެ ދަރިވަރަކީ، ހިތްހަމަޖެހޭ، ރައްކާތެރި ވެއްޓެއްގައި އުނގެނި ތަރުބިއްޔަތު ލިބެމުންދާ، އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށްހިތާ، މުޖުތަމަޢު ޤަބޫލުކުރާ ހަރުދަނާ އަޚުލާޤީ މާތްސިފަތަކުގެ މަތީގައި ދެމިތިބޭ، ޒަމާނަށް އެކަށޭނަ ތަޢުލީމާއި ތަރުބިއްޔަތު ލިބިގެން، އަމިއްލަޔަށް ފުދިގެންއުޅެވޭފަދަ ވިސްނުމާއި، ހުނަރު ލިބިފައިހުރި ދަރިޔަކަށް ހެދުން

ގުޅުއްވުމަށް

Dhiffushi School logo
ކ. ދިއްފުށި
ދިއްފުށީ ސްކޫލް، ސަލީމީ ހިނގުން، ކ. ދިއްފުށި، 08030
+960 6640522