Aa. Atoll Education Centre logo

އއ. އަތޮޅު

އއ. އަތޮޅު ތައުލީމީ މަރުކަޒު

އުފެދުނީ: 11 މާރިޗު 1989

map

ދަރިވަރުން

271 +

މުދައްރިސުން

30 +

އިދާރީ މުވައްޒަފުން

10 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އއ.ރަސްދޫ މަދަރުސާގެ ނަމުގައި ހިންގަވަމުން އައި މި މަދަރުސާގެ ނަން އއ.ތައުލީމީ މަރުކަޒަށް ބަދަލުވެފައިވަނީ 1989ވަނަ އަހަރު މާރިޗް މަހުގެ 11 ވަނަ ދުވަހު އެވެ. ރަސްދޫ މަދަރުސާގެ ނަމުން އއ.އަތޮޅު ތަޢުލީމީ މަރުކަޒަކަށް ބަދަލުވުމަށްފަހު ފަށާ ތަޢުލީމުގެ ފެންވަރަށް ކިޔަވައި ދެމުން އައިސް 1998 ވަނަ އަހަރު ކޮމާސް ސްޓްރީމުން ޘާނަވީ ތަޢުލީމް ދޭންފެށުނެވެ. މިގޮތުގެ މަތިން ޘާނަވީ ތަޢުލީމް ފުޅާކުރެވި 2000 ވަނަ އަހަރުން ފެށިގެން މިމަރުކަޒުވަނީ ޘާނަވީ ތަޢުލީމް ނިންމާ އިމްތިޙާނުތައް ބާއްވާ މަރުކަޒަކަށް ހަމަޖައްސަވާފައެވެ. އއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ޒަމާނީ ތަޢުލީމީ ވަޞީލްތްތައް ބޭނުންކުރާ، ރަނަގަޅު ފެންވަރަކަށް އުގަންނާ ދިނުމާއި އުނގެނުމުގެ ފުރުޞަތު ލިބިފައިވާ، އިސްލާމްދީނާއި ދިވެހި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ދަރިވަރުންތިބި، އަތޮޅު ތެރެއިން ފާހަގަކުރެވޭ ރަނގަޅު ނަތީޖާ ހޯދާ ތަޢުލީމީ މަރުކަޒަކަށް ވާނެއެވެ. އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަމާޒަކީ އިސްލާމް ދީނާއި ދިވެހި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ހުނަރުވެރި ދަރިވަރުން ބިނާކޮށް، ދެވޭ ތަޢުލީމްގެ ފެންވަރު މަތިކޮށް، ސްކޫލު ނިންމާ 60 އިންސައްތަ ދަރިވަރުންނަކީ ސާނަވީ ތަޢުލީމް ނިންމާ އިމްތިހާން ތަކުން މަދުވެގެން 5 މާއްދާއިން ފާސްވެފައިވާ ކުދިން ކަމުގައި ހެދުމެވެ.

މޮޓޯ މިއަދު ވަނީ މާދަމާއަށްޓަކައި
ތަޞައްވަރު

އއ.އަތޮޅު ތަޢުލީމީ މަރުކަޒަކީ ޒަމާނީ ތަޢުލީމީ ވަޞީލްތްތައް ބޭނުންކުރާ، ރަނަގަޅު ފެންވަރަކަށް އުގަންނާ ދިނުމާއި އުނގެނުމުގެ ފުރުޞަތު ލިބިފައިވާ، އިސްލާމްދީނާއި ދިވެހި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ދަރިވަރުންތިބި، އަތޮޅު ތެރެއިން ފާހަގަކުރެވޭ ރަނގަޅު ނަތީޖާ ހޯދާ ތަޢުލީމީ މަރުކަޒަކަށް ވާނެއެވެ.

މުހިންމަތު

އއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަމާޒަކީ އިސްލާމް ދީނާއި ދިވެހި ޤައުމަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު ހުނަރުވެރި ދަރިވަރުން ބިނާކޮށް، ދެވޭ ތަޢުލީމްގެ ފެންވަރު މަތިކޮށް، ސްކޫލު ނިންމާ 60 އިންސައްތަ ދަރިވަރުންނަކީ ސާނަވީ ތަޢުލީމް ނިންމާ އިމްތިހާން ތަކުން މަދުވެގެން 5 މާއްދާއިން ފާސްވެފައިވާ ކުދިން ކަމުގައި ހެދުމެވެ.

ގުޅުއްވުމަށް

Aa. Atoll Education Centre logo
އއ. ރަސްދޫ
އއ. އަތޮޅު ތައުލީމީ މަރުކަޒު، ވިލަނު ފަންނު މަގު، އއ. ރަސްދޫ، 09020
+960 6660020