Aa. Atoll School logo

އއ. އަތޮޅު

އއ. އަތޮޅު މަދަރުސާ

އުފެދުނީ: 08 ޖެނުއަރީ 1985

map

ދަރިވަރުން

118 +

މުދައްރިސުން

24 +

އިދާރީ މުވައްޒަފުން

9 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އއ.ފެރިދުއަށް ނިސްބަތްވާ އއ. އަތޮޅު މަދަރުސާ އަކީ 08 ފެބްރުއަރީ 1985 ގައި ހުޅުވުނު ސުކޫލެކެވެ. މި ސްކޫލުގައި 118 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާއިރު ކިޔަވައިދެމުންދަކީ ފައުންޑޭޝަނުން ފެށިގެން ގްރޭޑް 10 ކައި ހަމައަށެވެ. މި ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށްވެފަ ރާއްޖޭގެ އެހެން ސްކޫލްތަކެކޭ އެއްގޮތަށް އެކަޑަމިކް އަދި ކޯކަރިކިޔުލ ގެ ޙަރަކާތްތައް މި ސްކޫލްގައި ހިންގައެވެ. މިސްކޫލްގައި ގިނަވާނީ ޓްރެއިން ހައްދާފައި ތިއްބެވި ޓީޗަރުންނެވެ. ސްޓްރީމަކަށް ބިޒްނަސް ސްޓްރީމް ކިޔަވައިދެމުންދާ މިސްކޫލްގައި އިޚްތިޔާރީ މާއްދާ އެއްގެ ގޮތުގައި ޓްރެވެލް އެންޑް ޓުއަރިޒަމް 2019 ގައި ކިޔަވާ ދޭން ފެށުނެވެ. އއ.ފެރިދޫއަކީ ލޯކަލް ޓުއަރިޒަމް އަށް ބަރޯސާ ވެފަވާ ރަށަކަށްވެފަ ޓްރެވަލް އެންޑް ޓުއަރިޒަމް އިޚްތިޔާރީ މާއްދާ އެއްގެ ގޮތުގައި ހިމެނިގެން ދިޔުމަކީ ރަށުގެ ތަރައްޤީއަށް ވެސް ކުރިއެރުންތަކެއް މުސްތަޤްބަލުގައި ފެނިގެންދާ ނެކަމެކެވެ.

މޮޓޯ ކަމިޔާބީއާއި ހަމަޔަށް އެންމެންގެ މިންނަތުން
ތަޞައްވަރު

އއ.އަތޮޅު މަދަރުސާގެ ތަޞައްވުރަކީ އިސްލާމީ ހަމަތަކާއި އުސޫލްތަކަށް ތަބާވާ، ރާއްޖޭގެ ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި ދަރިވަރުންތަކެއް އުނގެނޭ ސުކޫލެއް ކަމުގައިވެ، އުނގެނުމާއި އުނގަންނައިދިނުމުގެ ހުނަރާއި މަޢުލޫމާތު އެންމެ ފުރިހަމަކޮށް ލިއްބައިދިނުމަށްޓަކައި ހިތްފަސޭހަ ވެއްޓެއް ޤާއިމްކުރުމުގައި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ޤައުމުދެކެ ލޯބިވާ ފުރިހަމަ ރައްޔިތުންތަކެއް ބިނާކުރުމުގެ ނަމޫނާ ސްކޫލެއް ކަމުގައި ވުމެވެ.

މުހިންމަތު

އއ.އަތޮޅު މަދަރުސާގެ ލަނޑު ދަނޑިއަކީ ދަރިވަރުންގެ ޢިލްމީ ކުރިއެރުމާއި، ހުނަރު އަދި މަޢުލޫމާތު އިތުރުކުރުމަށްޓަކައި ހިތްފަސޭހަ ވެއްޓެއް ޤާއިމްކޮށް ، ލިބެން ހުރި އެންމެ ޒަމާނީ ވަޞީލަތްތަކާއި، ފަންނީ ޤާބިލް މުދައްރިސުންނާއި ހޭލުންތެރި ބެލެނިވެރިން ގުޅިގެން، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ދެމިތިބޭ، ޤައުމާއި ދީން ދެކެ ލޯބިވާ، ފުރިހަމަ ރައްޔިތުންތަކެއް ބިނާކުރުމަށްޓަކާ ގަދައަޅާ މަސައްކަތް ކުރުމެވެ.

ގުޅުއްވުމަށް

Aa. Atoll School logo
އއ. ފެރިދޫ
އއ. އަތޮޅު މަދަރުސާ، އަހްމަދީ މަގު، އއ. ފެރިދޫ، 09060
+960 6660023