Mandhoo School logo

އދ. އަތޮޅު

މަންދޫ ސްކޫލް

އުފެދުނީ: 03 މޭ 1982

map

ދަރިވަރުން

59 +

މުދައްރިސުން

22 +

އިދާރީ މުވައްޒަފުން

6 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އދ. މަންދޫ ސްކޫލަކީ 03 މެއި 1982ވަނަ އަހަރު ރަޖިސްޓްރީ ކުރެވިގެން ހިންގަމުންދާ ސްކޫލެކެވެ. މިސްކޫލަކީ ސަރުކާރު ސްކޫލަކަށް ބަދަލުކުރެއްވީ 2005ވަނަ އަހަރުއެވެ. އޭގެ ފަހުން ސްކޫލުގެބަލަދުވެރި ފަރާތަކީ މިނިސްޓްރީއޮފް އެޑިޔުކޭޝަނެވެ. މަންދޫ ސްކޫލްގެ ކިޔެވުން 2008 ވަނަ އަހަރާއި ހަމައަށް ކިޔަވައި ދެވުނީ ގުރޭޑް ހަތަކާއި ހަމައަށެވެ. އަދި 2009 ވަނަ އަހަރުންފެށިގެން ސެކަންޑަރީ އެޑިޔުކޭޝަން ފެށި، 2011 ވަނައަރުގައި ފުރަތަމަ ފަހަރަށް މިސްކޫލްގެ ދަރިވަރުން ވަނީ އޯލެވަލް އިމްތިހާނު ސްކޫލުގައި ހަދާފައެވެ.

މޮޓޯ ތަޢުލީމު ދިނުމާއި ޚިދުމަތަށް އެނބުރި ދިއުން
ތަޞައްވަރު

ދަރިވަރުންގެ ހިތްތަކުގައި އުގެނުމުގެ ޝައުގާއި ލޯބި އުފައްދައި، ކިޔެވުމަށް ފަސޭހަ މާހައުލެއް ގާއިމްކޮށް، ދަރިވަރުން ރަނގަޅު އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށް، މުޖުތަމަޢުއަށް ބޭނުންތެރި، މީހުންނަށް އިޙުތިރާމްކުރާ، ދިރިއުޅުމަށް ފައްކާވެފައިވާ ދަރިވަރުންތަކެއް ނެރުމެވެ.

މުހިންމަތު

މަންދޫ ސްކޫލްގެ އަމާޒަކީ، ދަރިވަރުންނަކީ އިސްލާމީ އަޤީދާގެ މަތީގައި ތަރުބަވެ، ތަރައްގީވެ ކުރިއަރަމުންދާ ދިވެހިރާއްޖޭގެ ގާނޫނުތަކަށް އަހުލުވެރިވެ، ބަވަނަވެފައިވާ ދުނިޔަށް ލޯހުޅުވި، ޓެކްނޮލޕޖީއަށް އަހުލުވެރި ރައްޔިތަކަށް ވުމާއެކު، މުޅިޤައުމާއި މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ކަންކަމުގައި އިސްނަގައި ހަރުދަނާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް މުޖުތަމައަށް ނެރުމެވެ.

ގުޅުއްވުމަށް

Mandhoo School logo
އދ. މަންދޫ
މަންދޫ ސްކޫލް، އދ. މަންދޫ، 00050
+960 7949320
admin@mandhooschool.edu.mv