Fenfushee School logo

އދ. އަތޮޅު

ފެންފުށީ ސްކޫލް

އުފެދުނީ: 25 ޖޫން 1967

map

ދަރިވަރުން

245 +

މުދައްރިސުން

31 +

އިދާރީ މުވައްޒަފުން

11 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

މިސްކޫލަކީ މިރަށު ކިޔަވާޢުމުރުގެ ހުރިހާކުދިންނަށް ފަސޭހަކަމާއިއެކު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި އެކުދިންނަކީ މުޖުތަމަޢުޤަބޫލުކުރާ ހަރުދަނާ އަޚްލާޤީ ސިފަތަކުގެމަތީގައި ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ނެރެވޭބަޔަކަށް ހެދުމުގެ މާތްމަޤުޞަދުގައި ބިނާކުރެވިފައިވާ ސްކޫލެކެވެ. މީލާދީން 19 ވަނަ ގަރުނުގެ ކުރީކޮޅު ރޯކޮށްލި އަރިއަތޮޅު ދެކުނުބުރީ ފެންފުށީގެ ތައުލީމުގެ ދަންމަރު މިއަދާއި ހަމައަށް ނުނިވި މިއައީ އެތަން ބައެއްގެ ގިނަގުނަ މަސައްކަތުން ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެގޮތުން ފެންފުށީގެ ތަޢުލީމީ ހަޔާތް ފެށިގެން އައީ 1927 ވަނަ އަހަރު އައްސުލްތާން ހަސަންފަރީދުގެ ޒަމާނުގައި ދަނޑިފަނުން ހެދިފައިވާ އިމާރާތެއްގެ ތެރޭގައެވެ. ނަމެއްގެ ގޮތުގައި އެތަނަށް ކިޔަނީ ދަނޑިފަން މަކްތަބެވެ. މި މަކްތަބުގެ ފޯރުކޮށްދެއްވަމުން ގެންދެވި ތައުލީމު ވަނީ މުޙައްމަދު އަމީނުގެ ވެރިކަމުގައި ތަރައްޤީ ކުރައްވާފައެވެ. އެގޮތުން ޓައީއާއެކު ޔުނީފޯމެއް ތަޢާރަފް ކުރެއްވިއެވެ. އަދި ވަކި މާއްދާތަކެއް، މާއްދާތަކެއްގެ ގޮތުގައި ޓައިމްޓޭބަލްކުރެވިގެން ކިޔަވައިދޭން ފެށުނެވެ. އެގޮތުން 1964 ވަނަ އަހަރާއި ޖެހެންދެން ވެސް މަދަރުސީ ތަޢުލީމް މި ގޮތުގެމަތިން އައިސްފައިވެއެވެ. 1964 ވަނަ އަހަރު ރަސްމީކޮށް މަދަރުސާ (ކައްގައު) އުފެދުނެވެ. މި ސްކޫލް '' ފެންފުށީ މަދަރުސާ'' ގެ ނަމަށް ބަދަލުވެގެން ދިޔައީ 1967 ގައެވެ. އޭރު ފެންފުށީ މަދަރުސާގެ ނަމުގައި ބޭނުންކުރަމުންދިޔަ އިމާރާތް ބާވުމާއި ޖާގަދަތިވުމުން އާ އިމާރާތެއް ބިނާކުރެވުނެވެ. މި ދެންނެވި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ 2001 ވަނައަހަރު، އެދުވަސްވަރު ހުންނެވި އަތޮޅުވެރިޔާ އަލްފާޟިލް އިބްރާހީމް އަހްމަދު މަނިކު އެވެ. އަދި މި ސްކޫލްގެ ތައުލީމު ފުޅާވެ މި އަދާހަމަޔަށް މެދުކެޑުމެއްނެތި ވާސިލްވިކަން އުފަލާއެކީ ފާހަގަކުރަމެވެ. 2021-2022 ވަނައަހަރު ނިމިގެންދިޔައިރު 10 ކުލާސްރޫމާއި، އޮފީހަކާއި ލައިބްރަރީއަކާއި، ސްޓާފްރޫމަކާއި އަދި ސައިންސް ލެބަކާއި އެކު، ޖުމްލަ 243 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދިޔައެވެ. އަހަރަކަށްފަހު އަހަރެއް މިފުރާޅުގެދަށުންދެވޭތަޢުލީމާ ތަރުބިއްޔަތު ފުޅާވެ ހަރުދަނާވަމުން އައިސް 2004 ވަނަ އަހަރު ސެކަންޑަރީ ތަޢުލީމު ފެށުމާގުޅިގެން ގްރޭޑް 10 އުފެދި، މިދިޔަ އަހަރަކީ ވެސް މިސްކޫލުގައި ކޭމްބްރިޖް އޯލެވެލް، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ހެދި އަހަރެކެވެ.

މޮޓޯ ނޮލެޖް ބްރީޑްސް ޕަވަރ
ތަޞައްވަރު

ފެންފުށީ ސްކޫލްގެ ތަޞައްވުރަކީ، މި ސްކޫލަކީ އިސްލާމީ ގިއުގަނޑުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލަކަށް ވުމާއިއެކު، މިސްކޫލުން ތަޢުލީމް ޙާސިލްކުރާ ކޮންމެ ދަރިވަރަކީ އިސްލާމީ ރިވެތި އާދަތަކާއި އެއްގޮތަށް ޢަމަލުކުރުމާއި، ޢިލްމު އުނގެނުމަށް ހިތްވަރުކުރާ ޒިންމާދާރު އަދި ޚިދުމަތްތެރި ދަރިވަރުންތަކެއް އުފައްދާ ސްކޫލަކަށް ވުމެވެ.

މުހިންމަތު

ދަރިވަރުންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށްޓަކައި އެކުދިންގެ ޚިޔާލާއި ޝައުގުވެރިކަން ހުންނަ ކަންކަން ދެނެގަނެ، ހިތްވަރު ދިނުން. ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު، އިތުރުކުރުމަށްޓަކައި އެކުދިންގެ ހުނަރު ތަރައްޤީކޮށް ވާދަވެރި، ތަޙުޒީބުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުކުރުވުން. ހުރިހާ ކުދިން ޝާމިލުކުރުމާއި، ދަރިވަރުންނަށް އެކުދިންގެ ކުރިއެރުން ފެންނަ ފަދަ ފެންވަރު ރަނގަޅު މާޙައުލެއް ބިނާކުރުން. ޢިލްމު އުނގެނުމަށް ހިތްވަރު ދިނުމާއި އެކަމަށް ޝައުގުވެރިކޮށް، ވަޒީފާގެ މާޙައުލުގައި ހުނަރުވެރި، އުފެއްދުންތެރި އަދި އިސްލާމީ ރިވެތި އާދަތަކުގައި ދެމިތިބޭ، މުޖުތަމަޢުއަށް ފައިދާހުރި ދަރިވަރުންތަކެއް ބިނާކުރުން. ޢިލްމު އުނގެނުމަށް ހިތްވަރު ދިނުމާއި އެކަމަށް ޝައުގުވެރިކޮށް، ވަޒީފާގެ މާޙައުލުގައި ހުނަރުވެރި، އުފެއްދުންތެރި އަދި އިސްލާމީ ރިވެތި އާދަތަކުގައި ދެމިތިބޭ، މުޖުތަމަޢުއަށް ފައިދާހުރި ދަރިވަރުންތަކެއް ބިނާކުރުން. އިސްލާމީވަންތަ ރިވެރި އަޚުލާޤާއި، ތަޢުލީމީ ލަނޑުދަނޑިތަކާއި އިޖުތިމާޢީ ހުނަރުތައް އަށަގަންނާނޭ ފަދަ އުނގެނުމުގެ ފުރިހަމަ ނިޒާމެއް ޤާއިމުކޮށް ދިނުމާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ދެމިތިބޭނޭ ދަރިވަރުންތަކެއް އުފެއްދުން.

ގުޅުއްވުމަށް

Fenfushee School logo
އދ. ފެންފުށި
ފެންފުށީ ސްކޫލް، ޗާންދަނީ މަގު، އދ.ފެންފުށި، 00080
+960 6680817