M. Atoll School logo

މ. އަތޮޅު

މ. އަތޮޅު މަދަރުސާ

އުފެދުނީ: 23 މާރިޗު 1984

map

ދަރިވަރުން

173 +

މުދައްރިސުން

35 +

އިދާރީ މުވައްޒަފުން

15 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ކޮޅުފުށީ ރައްޔިތުން ދަޑިފަނުން އަޅާފައިވާ ޢިމާރާތް، މ.އަތޮޅުމަދަރުސާގެ ނަމުގައި 23 މާރޗް 1984 (20 ޖުމާދަލް އާޚިރު 1404) ހުކުރު ދުވަހު 11:02 ގައި ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަން އޮނަރަބުލް އަލްއުސްތާޛު ޢަބުދުﷲ ޙަމީދާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަބްލް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނެވެ. ސަރުކާރުން ރާނާ ސިމެންތި ޖެހުމަށްޓަކައި ޢިމާރާތުގެ ބިންގާ އަޅާފައިވަނީ 25 ނޮވެމްބަރ 1987 (04 ރަބީޢުލް އާޚިރު 1408) ބުދަ ދުވަހު ހަވީރު 4:45 ގައި މ.އަތޮޅުވެރިޔާ އަލްފާޟިލް ޢަބުދުއްރަޙީމް ޢަބުދުލް މަޖީދެވެ.

މޮޓޯ "އެއިމް އެޓް ދަ ބެސްޓް"
ތަޞައްވަރު

އިސްލާމްދީނާއި ޘަގާފަތަށް ލޯބިކުރާ، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ، ޒަމާނީ ތަޢުލީމަށް އަހުލުވެރި، ހުނަރުވެރި، ޤާބިލް ދަރިންތަކެއް ބިނާކުރާ، ނަމޫނާ ތަނަކަށްވުން

މުހިންމަތު

ދަރިވަރުންގެ ހިތްތަކުގައި އިސްލާމްދީނާއި ޘަޤާފަތަށް ލޯބިޖެއްސުމަށްޓަކައި ޓީޗަރުންނާއި ބެލެނިވެރިން ނަމޫނާ ބަޔަކަށްވުމާއެކު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، ރައްކާތެރި ވެށްޓެއް ޤާއިމުކޮށް ދިނުން. އެންމެ ފަހުގެ ހޯދުންތަކާއި ވަޞީލަތްތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ހިތްވަރާއެކު ކުރިމަތިލައި، އެކަންކަމުން އަރައިގަތުމުގެ ޤާބިލްކަން ލިބިގެންވާ ކުދިބަޔަކަށް ހެދުން. ރަށާއި ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު އަށަގެންފައިވާ އަގުހުރި، ކެރޭ ބަޔަކަށް ދަރިވަރުން ހެދުމަށްޓަކައި، އެންމެން ގުޅިގެން އެ އަމާޒަށް ވާޞިލްވުމަށް މަސައްކަތްކުރުން.

ގުޅުއްވުމަށް

M. Atoll School logo
މ. ކޮޅުފުށި
މ. އަތޮޅު މަދަރުސާ، އަމީނީ މަގު، މ. ކޮޅުފުށި، 11070
+960 7952902