F. Atoll School logo

ފ. އަތޮޅު

ފ. އަތޮޅު މަދަރުސާ

އުފެދުނީ: 04 މާރިޗު 1982

map

ދަރިވަރުން

267 +

މުދައްރިސުން

29 +

އިދާރީ މުވައްޒަފުން

16 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ފ.އަތޮޅު މަދަރުސާއަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ސަރުކާރުގެ ސްކޫލެކެވެ. މި ސްކޫލްގެ މައިގަނޑު މަސައްކަތަކީ، ދިވެހި ސަރުކާރުގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް، ގައުމީ މަންހަޖު ތަންފީޒުކޮށް ދަރިވަރުންނަށް ތައުލީމާއި ތަރުބިއްޔަތު ދިނުމާއި، ޤައުމީ މަންޙަޖުގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ކިޔަވައިދިނުމުގެ އިތުރަށް ހިންގަން ބޭނުންވާ ޙަރަކާތްތައް ހިންގުމާއި އަދި ވީ އެންމެ ފުޅާދާއިރާއެއްގައި ބެލެނިވެރިންނާއި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމެވެ.

މޮޓޯ ކާމިޔާބު ބިނާވެގެންވަނީ ރަނގަޅު އަޚްލާޤުގެ މައްޗަށެވެ.
ތަޞައްވަރު

ހަރުދަނާ ތަރަޙައެއްގެ މަތީގައި ބިނާކުރެވިފައިވާ، ހުރިހާ ރޮނގަކުން ކާމިޔާބު ހޯދާ ދަރިވަރުންތަކެއް ކިޔަވަމުންދާ ތަނަކަށް ހެދުން.

މުހިންމަތު

ދަރިވަރުންގެ ލީޑަރޝިޕް ސްކިލް މޮޅުވެ، ކާމިޔާބީއަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށްޓަކައި ސްލާމްދީނުގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ދަރިވަރުންނަށް ފެންވަރު ރަނގަޅު , ފުރިހަމަ ތަޢުލީމު ޤާއިމުކުރުން

ގުޅުއްވުމަށް

F. Atoll School logo
ފ. ފީއަލި
ފ. އަތޮޅު މަދަރުސާ، ސޯސަން މަގު، ފ. ފީއަލި، 12010
+960 7952910