Hulhudheli School logo

ދ. އަތޮޅު

ހުޅުދެލީ ސްކޫލް

އުފެދުނީ: 13 މޭ 1998

map

ދަރިވަރުން

179 +

މުދައްރިސުން

31 +

އިދާރީ މުވައްޒަފުން

7 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހުޅުދެލީ ސްކޫލްގެ ނަމުގައި ހުޅުވުނީ 13 މެއި 1998 ގައެވެ. ސްކޫލްގެ ބޮޑުމިނަކީ 51171.87 އަކަ ފޫޓެވެ. މި ސްކޫލުގެ މިޝަން އަކީ ސްކޫލު މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށާއި، ކިޔެވުމުގައި އުފާވެރި ތަޖުރިބާތަކެއް ލިބިދިނުމަށްޓަކައި، ސްކޫލުގެ ހުރިހާ ވަސީލަތެއް އެންމެ އެދެވޭގޮތުގައި ބޭނުންކުރުމެވެ. އަދި ވިޝަން އަކީ މަދަރުސީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި، އަދި ރާއްޖެއަށް ބޭނުންވާ ހުނަރާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމުގައި، ނަންހިނގާ ސްކޫލަކަށްވުމެވެ. މިމަރުކަޒުގެ މޮޓޯ އަކީ ""އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް"" މިއެވެ. އަދި މި މަދަރުސާގެ ފިލޯސަފީ އަކީ ހުޅުދެލީ ސްކޫލުގެ ދަރިވަރުންނަކީ، އަމިއްލަ ނަފުސާއި، އާއިލާގެ ކުރިއެރުމަށާއި، މުޖުތަމަޢުއާއި، އަދި މުޅިޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާ ޒިންމާދާރު ރައްޔިތުންނަށް ހެދުމަށްޓަކައި، ނަފުސާނީ، ޖިސްމާނީ، ޖަޒުބާތީ، ރޫޙީ، މިހުރިހާ ދާއިރާތަކަކުން އެދަރިވަރުންގެ، ވިސްނުމާއި ފިކުރު ފުރިހަމައަށް ތަރައްޤީކުރުމެވެ. މި ސްކޫލަކީ ފައުންޑޭޝަން އިން 10 އަށް ކިޔަވައިދެމުން ގެންދާ ސްކޫލެކެވެ. އަދި އެކިއެކި ގްރޭޑް ތަކުގައި 200 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދެއެވެ. މިދަރިވަރުންނަށް ވޭތިވެދިޔަ އަހަރުގައި ބިޒްނަސް ސްޓްރީމް އަދި ބީޓެކް ސްޓްރީމް ކުރިއަށްގެންދެއެވެ.

މޮޓޯ އަނދިރިކަމުގެ ތެރެއިން އަލިކަމަށް
ތަޞައްވަރު

މަދަރުސީ ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި، އަދި ރާއްޖެއަށް ބޭނުންވާ ހުނަރާއި މަސައްކަތްތެރިކަން ދަސްކޮށްދިނުމުގައި، ނަންހިނގާ ސްކޫލަކަށްވުން

މުހިންމަތު

ސްކޫލު މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށާއި، ކިޔެވުމުގައި އުފާވެރި ތަޖުރިބާތަކެއް ލިބިދިނުމަށްޓަކައި، ސްކޫލުގެ ހުރިހާ ވަސީލަތެއް އެންމެ އެދެވޭގޮތުގައި ބޭނުންކުރުމެވެ.

ގުޅުއްވުމަށް

Hulhudheli School logo
ދ. ހުޅުދެލި
ހުޅުދެލީ ސްކޫލް، އަމީނީ މަގު، ދ. ހުޅުދެލި، 13040
+960 7952918