Gaadhiffushi School logo

ތ. އަތޮޅު

ގާދިއްފުށީ ސްކޫލް

އުފެދުނީ: 25 ޖޫން 1983

map

ދަރިވަރުން

56 +

މުދައްރިސުން

32 +

އިދާރީ މުވައްޒަފުން

6 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ތ އަތޮޅު ގާދިއްފުށީ ސުކޫލަކީ އާބާދީ ކުޑަނަމަވެސް މުދައްރިސުންނާއި ކިޔަވައި ދިނުމުގެ ވައްޓަފާޅީއަށް ބަލާއިރު އަތޮޅު ފެންވަރުގައި ފައިތިލަ ހަމަކޮއްލެވޭ އެއްސުކޫލެވެ. މިމަދަރުސާގައި ވޭތުވެދިޔަ ދިރާސީ އަހަރު ނިމުން އިރު ފައުންޑޭޝަން ސުޓޭޖުންފެށިގެން ގުރޭޑް 10 އަކާއި ހަމަ 70 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދިޔައެވެ. މިމަދަރުސާގެ އަމާޒަކީ ދިވެހިރާއްޖޭގައި ހެދިފައިވާ މުގައްރަރާއި އެއްގޮތްވާގޮތުގެ މަތިން ދަރިވަރުން މުޖުތަމައުއަށް ބިނާކުރަނިވި ދަރިންގޮތުގައި ނެރުމެވެ. މިމަދަރުސާގައި ދިވެހި ނަސްލުގެ އަދި ބިދޭސީންވެސް ކިޔަވައި ދިނުމުގައި ހަރަކަތްތެރިވެއެވެ.

މޮޓޯ ފަޅި ސިކުންތެއްވެސް ނަގާނުލާށެވެ.
ތަޞައްވަރު

ގާދިއްފުށީ ސުކޫލުގެ ތަސައްވަރުގައި ވަނީ މި ސުކޫލުން ނިންމާ ކޮންމެ ދަރިވަރަކީ އިސްލާމީ ރިވެތި އަޙްލާޤުގެ މަތީގައި ހަރުދަނާ ތަޢުލީމާއި ތަރުބިއްޔަތުގެ، އެހީގައި ދިރިއުޅުމުގައި ދިމާވާ ދަތިތައް ފަސޭހަކަމާއި، ކާމިޔާބު ކަމާއި އެކު ގިރާކޮށް ފުރިހަމަ އަރުތަ ހޯދާ ދަރިވަރަކަށް ވާނެއެވެ.

މުހިންމަތު

ގާދިއްފުށީ ސުކޫލުގެ އަމާޒަކީ ތަޢުލީމު ޙާސިލްކޮށް މުޖުތަމައުއަށް ނިކުންނަ ކޮންމެ ދަރިވަރަކީ ފަރުދީ ޒިންމާ އަދާކުރާ، އާއިލާއާއި މުޖުތަމައު ގަބޫލުކުރާ ދީނާއި ގައުމަށް ބޭނުންތެރި މުވާޠިނަކަށް ހެދުމެވެ.

ގުޅުއްވުމަށް

Gaadhiffushi School logo
ތ. ގާދިއްފުށި
ގާދިއްފުށީ ސްކޫލް، ގާޒީ މަގު، ތ. ގާދިއްފުށި، 14090
+960 6780570