Hithadhoo School logo

ލ. އަތޮޅު

ހިތަދޫ ސްކޫލް

އުފެދުނީ: 17 މާރިޗު 1976

map

ދަރިވަރުން

229 +

މުދައްރިސުން

35 +

އިދާރީ މުވައްޒަފުން

9 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

17 މާރޗް 1976 މަކުތަބަލް ޢަމަލުގެ ނަމުގައި މިސްކޫލް ވުޖޫދަށް އައިސް، މިހާރު ނަން ކަމުގައި ލ.ހިތަދޫ ސްކޫލްގެ ނަމަށް ބަދަލުވެފައިވަނީ 2007 ވަނަ އަހަރުގައެވެ. މި ސްކޫލްގައި ކިޔަވައިދެމުން ދަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 10 އާ ހަމައަށެވެ. ގްރޭޑް 9 އަދި 10 ގައި ކިޔަވައިދެމުންދަނީ ކޮމްބައިންޑް ސްޓްރީމްއެވެ.

މޮޓޯ " އެންޑީވޯ ސަކްސީޑް" ނުވަތަ " ފުރިހަމަކަން ލިބިގަތުމަށް ހިއްމަތްކުރާށެވެ. "
ތަޞައްވަރު

ކޮންމެ ދަރިވަރެއްގެ ކިބައިގައި އިސްލާމީ ދިވެހިވަންތަ އުޞޫލުތައް އަށަގަތުމާއެކު، އެދަރިވަރެއްގެ ކިބައިގައިވާ އެންމެ މަތީ ހުނަރު ނެރެދިނުމާއެކު، ކިޔަވާކުދިން އެގޮވައްޗެއްގެ ހިޔާވަހިކަމަށް އެންމެ ބޮޑަށް އެދޭ، ގޮވައްޗެއްގެ ގޮތުގައި މިމަދަރުސާ ފާހަގަވެގެންދިއުން.

މުހިންމަތު

• ދަރިވަރުންގެ ކިބައިގައި ހެޔޮ ވިސްނުމާއި އިސްލާމީ ރިވެތި އަޚްލާޤު އަށަގެންނެވުން. • ހުރިހާ ދަރިވަރުންނަށް ރައްކާތެރި، އަމާން މާހައުލެއް ޤާއިމުކޮށްދިނުން. • އޯގާތެރިކަމާއި އަޅާލުމާއެކު ކިޔެވުމަށްދޭ ޝައުޤުވެރިކން އިތުރުކުރުވުން. • ހަޔާތުގެ މައިދާނަށް ފުރިހަމައަށް ތައްޔާރުކޮށްދިނުމުގެ ބިންގާ އަޅައިދިނުން. • ކާމިޔާބާއި އަރުތަ ހާސިލްކުރުމުގެ މަގަށް މަގު ދެއްކުން.

ގުޅުއްވުމަށް

Hithadhoo School logo
ލ. ހިތަދޫ
ހިތަދޫ ސްކޫލް، ލ. ހިތަދޫ، ލ. ހިތަދޫ، 15110
+960 6800745