Ihadhdhoo School logo

ލ. އަތޮޅު

އިހައްދޫ ސްކޫލް

އުފެދުނީ: 10 ޖެނުއަރީ 2010

map

ދަރިވަރުން

344 +

މުދައްރިސުން

46 +

އިދާރީ މުވައްޒަފުން

25 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އިހައްދޫ ސުކޫލަކީ 2010 ވަނަ ޖަނަވަރީ 10 ދުވަހު ކިޔައިދޭން ފަށާފައިވާ ސަރުކާރު ސުކޫލެކެވެ. ކިޔެވުން ފެށިގެން ދިޔައީ ގުރޭޑް 1 ން ގުރޭޑް 6 އަށެވެ. ޖެހިގެން އައި ދިރާސީ އަހަރު ގުރޭޑް 7 އުފެދިގެން ދިއައެވެ. އަދި 2015 ވަނަ އަހަރު ފައުންޑޭޝަން ސުޓޭޖުގެ ކުލާސްތަކަށް ކިޔަވައިދޭން ފެށުނެވެ. އަދި އެ އަހަރު ސެކަންޑަރީ ގުރޭޑްތަކަށް ކިޔަވައިދޭން ފެށުނެވެ. މިއަދު މި ސުކޫލަކީ ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10 ށް ކިޔަވައިދޭ ސުކޫލެކެވެ. އޭގެ އިތުރުން ހާއްޞަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ހާއްޞަވެގެން ސެން ޔުނިޓެއް ޤާއިމްކުރެވި، އާލީ އިންޓަވެންޝަންގެ ރީޖަނަލް ހަބްގޮތުގައި ތަރައްޤީކުރަމުންދާ ސުކޫލަކީމެވެ.

މޮޓޯ ސިކުނޑި. ރޫޙު. ހަށިގަނޑު
ތަޞައްވަރު

ތަފާތު ޘަޤާފަތްތަކުން އެކުލެވިގެންވާ ބައިނަލް އަޤްވާމީ މުޖުތަމަޢުގައި މިނިވަން ކަމާއެކު ދުނިޔެ އުމުރު ކިޔެވުމުގެ ރޫޙް އަށަގަނެފައިވާ ސްލޫކީ ދަރިވަރުންނަށް އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުން ހެދުމަށްޓަކައި އެދަރިވަރުންގެ ސިކުނޑި، ރޫޙް އަދި ހަށިގަނޑު ތަރައްޤީ ކުރުމަށް އެއްމެ އެކަށީގެންވާ ރައްކާތެރި، އުފާވެރި އަދި ކާމިޔާބު ކިޔެވުމުގެ މާޙައުލެއް އަޅުގަނޑުމެން އުފައްދާ ދޭނަމުއެވެ.

މުހިންމަތު

ބެލެނި ވެރިންނާ މުޖުތަޢުގެ ބައިވެރި ވުމާއެކު، ފެންވަރު ރަނގަޅު ޢާއްމުތަޢުލީމު ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ނަމޫނާ ސްކޫލަކަށް އަޅުގަނޑުމެންގެ ސްކޫލު ހަދާނަމުއެވެ.

ގުޅުއްވުމަށް

Ihadhdhoo School logo
ލ. ގަން
އިހައްދޫ ސްކޫލް، އިޖްތިމާއީ ހިނގުން، މަތި ދެކުނު، ލ. ގަން، 15061
+960 7967101