GA. Atoll School logo

ގއ. އަތޮޅު

ގއ. އަތޮޅު މަދަރުސާ

އުފެދުނީ: 28 މާރިޗު 1984

map

ދަރިވަރުން

133 +

މުދައްރިސުން

25 +

އިދާރީ މުވައްޒަފުން

9 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގއ. ކޮލަމާފުށީގައި ބިންގާ އެޅުނު ގއ. އަތޮޅު މަދަރުސާ އަކީ އެސްކޫލެއްގެ ހިޔާވަހިކަމުގެ ދަށުން ތަޢުލީމީ އެތައް ޖީލެއް ތަރުބިއްޔަތުވެ މުޖުތަމަޢަށް ނެރެދީފައިވާ ޚިދުމަތްތެރި މަދަރުސާއެކެވެ. މި މަދަރުސާގައި އެލްކޭޖީ އިން ފެށިގެން ގްޜޭޑް 10 އާ ހަމައަށް ތަޢުލީމް ފޯރުކޮށްދެމުން ދެއެވެ.

މޮޓޯ ﷲއަށް ބިރުވެތިވާށެވެ! ވަޠަނަށް ޚިދުމަތް ކުރާށެވެ!
ތަޞައްވަރު

ގއ.އަތޮޅު މަދަރުސާއަކީ ތައުލީމީގޮތުން ކުރިއެރުން ހޯދާ، ދަރިވަރުންނަކީ އިސްލާމީ ރިވެތި ސިފަ އަށަގަނެފައިވާ، އިހްތިރާމް ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރުކުރާ ކާމިޔާބު ބަވަނަވަންތަ ރައްޔިތެއް ބިނާކުރުމެވެ.

މުހިންމަތު

މި މަދަރުސާގެ މިޝަންއަކީ ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ހުރި ޤާބިލިއްޔަތު ފުރިހަމަކުރުމުގައާއި އަދި ކާމިޔާބުމުވާތިނެއްގެ ގޮތުން ދިރިއުޅުމަށްއިސްލާމީ ރިވެތި އުޞޫލުތަކުގައި ފުރިހަމއަށް ހިފަހައްޓައި، އުނގެނުމުގެ ޝައުޤުވެރިކަން ދަމަހަށްޓައި، ތަޢުލީމުގެ އުސްމިންތަކަށް ވާޞިލްވުމަށް ދަރިވަރުންނަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުވައިދީ، އަދި މުޖުތަމަޢުގެ ރީތި ހަމަތަކާ އުޞޫލުތަކާ ތަފާތުތަކުގެ ތެރެއިން ތަޢުލީމު އުނގަންނައިދިނުމެވެ.

ގުޅުއްވުމަށް

GA. Atoll School logo
ގއ. ކޮލަމާފު
ގއ. އަތޮޅު މަދަރުސާ، ރަށްދެބައިމަގު، ގއ. ކޮލަމާފުށި، 16010
+960 7983072