Fiyoaree School logo

ގދ. އަތޮޅު

ފިޔޯރީ ސްކޫލް

އުފެދުނީ: 17 ސެޕްޓެމްބަރު 1980

map

ދަރިވަރުން

156 +

މުދައްރިސުން

25 +

އިދާރީ މުވައްޒަފުން

9 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ފެންވަރު ރަނގަޅު ވަށައިޖެހޭ ތަޢުލީމީނިޒާމެއްގެ ތެރެއިން، އިސްލާމްދީނާއި ދިވެހިގައުމު ދެކެ ލޯބިވާ، މުޖުތަމަޢަށް ބޭނުންވާފަދަ އަޚުލާޤް ރަނގަޅު، ޢިލްމީ ގޮތުން ޤާބިލު، ހުނަރުވެރި ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ މަޤުޞަދުގައި، ރަސްމީކޮށް ރައްޔިތުންގެ އިސްކޫލެއް ""ފިޔޯރީ މަކްތަބް""ގެ ނަމުގައި ރަޖިސްޓްރީކޮށް، ކިޔަވައިދޭން ފެށީ 17 ސެޕްޓެމްބަރު 1980 ގައެވެ. ""ފިޔޯރީ މަކްތަބު""ގެ ނަން ""ފިޔޯރީ ސްކޫލު""ގެ ނަމަށް ބަދަލުކުރެވުނީ 1983 ވަނަ އަހަރުގައެވެ. ރަސްމީކޮށް ސަރުކާރު ސްކޫލެއްގެ ގޮތުގައި މި ސްކޫލު ބަދަލުކުރެވުނީ 25 އޮގަސްޓް 2005 ގައެވެ. އިސްކޫލުގެ ކިޔެވުން އިތުރަށް ތަރައްޤީކޮށް މަތީ ތަޢުލީމު ފޯރުކޮށް ދިނުމަށް ޓަކައި މެދު މަދަރަސީ ތަޢުލީމު މި އިސްކޫލުގައި ފަށާފައިވަނީ 22 ފެބުރުވަރީ 1988 ގައެވެ. ސާނަވީ ތަޢުލީމް އަމިއްލަ ގޮތުން 2004 ވަނަ އަހަރު ފެށުނު ނަމަވެސް އޯލެވެލް އިމްތިހާނުގައި މި އިސްކޫލުން ފުރަތަމަ ބައިވެރިވެވުނީ 2009 ވަނަ އަހަރުގައެވެ. އޯލެވެލް އިމްތިހާން ހަދަން ފެށީއްސުރެ މި އިސްކޫލަކީ ކާމިޔާބު ނަތީޖާތަކެއް ނެރެމުންދާ އިސްކޫލެކެވެ. ގިނައަހަރުތަކެއްގައި ގައުމީ ގަދަ 10 ގެ އެކިއެކި ވަނަތައް މި އިސްކޫލުގެ ދަރިވަރުން ވަނީ ހޯދާ، ފިޔޯރީ ސްކޫލަކީ ތަޢުލީމީ ރޮނގުން ކާމިޔާބު ސްކޫލެއްކަމުގައި މުޅި ރާއްޖެއަށް ސާބިތުކޮށްދީފައެވެ. މިއަދު ފިޔޯރީ ސްކޫލަކީ ޕްރީސްކޫލް މަރުހަލާއިން ފެށިގެން ދަށު ސާނަވީއާ ހަމަޔަށް، ވަށައިޖެހޭ ތަޢުލީމެއްގެ ތެރެއިން ދައުލަތުގެ ތައުލީމީ ސިޔާސަތު ތަންފީޒުކުރަމުންދާ އިސްކޫލެކެވެ. ހަމައެގޮތަށް ސާނަވީ ކުލާސްތަކުގައި ސައިންސް ސްޓްރީމާއި، ބިޒްނެސް ސްޓްރީމާއި ބީޓެކް ހޮސްޕިޓަލިޓީ ކިޔަވައިދޭ އިސްކޫލެކެވެ.

މޮޓޯ އަމިއްލަ ނަފުސު ދެނެގަންނާށެވެ.
ތަޞައްވަރު

އިސްލާމްދީނާއި ދިވެހިގައުމު ދެކެލޯބިވާ، ޢިލްމީގޮތުން ޤާބިލު، ދިރިއުޅުމަށާއި ގައުމީ ޚިދުމަތަށް ތައްޔާރުވެފައިވާ ޒިންމާދާރު ދަރިންތަކެއް ބިނާކުރުން.

މުހިންމަތު

އުނގެނުމަށް ފަހި މާހައުލެއްގެ ތެރެއިން އިސްލާމީ ހަރުދަނާ ޢަޤީދާގެ މަތީގައި ދެމިތިބޭ ދިވެހި ޤައުމުދެކެ ލޯބިވާ، އުނގެނުމާއި ހޯދައި ބެލުމަށް ޝައުގުވެރިވާ، ދިރިއުޅުމަށް ތައްޔާރުވެފައިވާ، އުފެއްދުންތެރި، މުރާލި، ހަރުދަނާ، ޢިލްމީ ދަރިންތަކެއް އުފެއްދުން.

ގުޅުއްވުމަށް

Fiyoaree School logo
ގދ. ފިއޯރީ
ފިޔޯރީ ސްކޫލް، ހަވީރީ އުފާ މަގު، ގދ. ފިޔޯރީ، 17070
+960 7983086