Gn. Atoll Education Centre logo

ޏ. އަތޮޅު

ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

އުފެދުނީ: 20 އޭޕްރީލު 1982

map

ދަރިވަރުން

384 +

މުދައްރިސުން

56 +

އިދާރީ މުވައްޒަފުން

28 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ފުވައްމުލަކުގައި އިމާރާތް ކުރެވުނު ފުރަތަމަ ސްކޫލެވެ. މިއީ ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރެވުނު ސަރުކާރު ސްކޫލެކެވެ. ސްކޫލް ހުޅުވުނީ 1982 ވަނައަހަރު އެޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ. 4 ކުލާސް ރޫމްގެ ހޯލަކާ 3 ކުލާސް ރޫމާއި 1 އޮފީހާއި (ސްޓޯރަކާއެކު) ހެޑްމާސްޓަރު ދިރިއުޅުއްވާނެ ގެއަކާ އެކު، ރައްޔިތުންގެ ސްކޫލެއްގެ ގޮތުގައި ދިވެހި މީޑިއަމަށް ޚާއްސަ ކްލާސްތަކަކާ އެކީގައި ފެށިގެން އައި މިމަރުކަޒުގައި އޭރު ކިޔަވައި ދިނީ ފަށާ ތަޢުލީމު (ގްރޭޑް 1 އިން 5 އަށް) ގެ ފެންވަރަށެވެ.މަރުކަޒު ހުޅުވުނުއިރު ތިބީ މުޅިޖުމުލަ 129 ދަރިވަރުންނެވެ. މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެއްވީ ހެޑްމާސްޓަރަކާއި 4 ޓީޗަރުންނާއި 1 ކާތިބާއި އަދި 2 މަސައްކަތު މީހުންނެވެ. 1985 ވެގެން ދިޔައީ މިމަރުކަޒުގެ ތާރީޚު ބަދަލުކޮށްލި އަހަރެއްގެ ގޮތުގައެވެ. އެއަހަރު މިމަރުކަޒުގައި ފުރަތަމަ ފަހަރަށް މެދުމަދަރުސީ (ގްރޭޑް 6، 7) ފެންވަރަށް ކިޔަވައި ދެވެން ފެށުނެވެ. އޭރު ޤައުމީ ފެންވަރުގައި ބޭއްވެމުން އައި އެންމެ ވަރުގަދަ އިމްތިހާނު ކަމުގައިވާ، ޖޫނިޔާ ސްކޫލް ސެޓްފިކެޓު (ޖޭއެސްސީ) އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމުގެ ގޮތުން ކިޔަވައިދިނުން އިގިރޭސި މީޑިއަމަށް ބަދަލުކުރެވުނެވެ. ޖޭއެސްސީ އިމްތިހާނުން މަރުކަޒުގެ ދަރިވަރުން ހޯދަމުން ދިޔަ ފަޚުރުވެރި ނަތީޖާގެ ސަބަބުން 1990 ވަނަ އަހަރު އަތޮޅު ތެރޭގައި ޘާނަވީ (ގްރޭޑް 8، 9، 10) ފެންވަރަށް ކިޔަވައިދޭން ފެށި އެންމެ ފުރަތަމަ ސްކޫލްކަމުގައި މިމަރުކަޒު ހަމަޖެހިގެން ދިޔައެވެ. އަދި 1997 އިން ފެށިގެން ތިން ސްޓްރީމަށް (ސައިން، ކޮމާސް އަދި އާޓްސް) ކިޔަވައިދޭން ފެށުނެވެ. އަދި 2004 ވަނަ އަހަރު މަތީ ޘާނަވީ (ގްރޭޑް 11، 12) އަށް ދެ ސްޓްރީމަށް (ސައިންސް އަދި ބިޒްނަސް) ކިޔަވައި ދޭން ފެށުނެވެ.އަދި 2014 ވަނަ އަހަރުންފެށިގެން ބީޓެކް ސްޓްރީމް ގައި ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ފާއިތުވި 42 އަހަރު ދުވަހުގެ ތެރޭގައި ސްކޫލަށް އުމްރާނީ ގޮތުން ބޮޑު ތަރައްގީއެއް އައިސްފައި ވެއެވެ. ޒަމާނީ ފެންވަރުގެ 3 ސައިންސް ލެބް (ކެމިކަލާއެކު) 1 ކޮމްޕިއުޓަރ ލެބް އަދި ލައިބްރަރީ އެއް އިމާރާތް ކުރެވުނެވެ. ހަމައެއާއެކު ސްކޫލް ހޯލާއި ނަމާދު ކުރާނެ މިސްކިތެއް އެޅުނެވެ. ސްކޫލުގައި ގްރޭޑް 7 ން 12 އަށް 441 ދަރިވަރުން މިހާރު ތައުލީމު ހާސިލްކުރަމުން ދެއެވެ. އަދި 75 މުވައްޒަފުން އެކި މަގާމުތަކުގައި މަސައްކަތް ކުރެއެވެ. އަދި ކުޅިވަރުގެ ރޮގުންނާއި ތައުލީމީ ރޮގުން ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ގިނަގުނަ ކާމިޔާބީ ތަކަކާއި މަތީ އަރުތަ ތަކެއް މި ސްކޫލް ވަނީ ހާސިލްކޮށްފައެވެ. އަދި މިހާރުވެސް ކުރަމުން އާދެއެވެ. ސްކޫލުގެ ތަސައްވަރު (ވިޝަން)ރިވެތި އަޚުލާގުން ހިތްމަތާއެކު މަތީ އަރުތަ ތަކަށް ވާސިލުވުން ސްކޫލުގެ އަމާޒު (މިޝަން) އީޖާދީ ވިސްނުމާއި ރިވެތި ސުލޫކުގެ ތެރެއިން ދެމެހެއްޓެނިވި އުނގެނުމަކަށް މަގުފަހިކޮށް ދިނުން

މޮޓޯ ރިވެތި އަޚްލާޤް- ތަޢުލީމުގެ ފަހިމަގު
ތަޞައްވަރު

ިވެތި އަޚުލާގުން ހިތްމަތާއެކު މަތީ އަރުތަ ތަކަށް ވާސިލުވުން

މުހިންމަތު

އީޖާދީ ވިސްނުމާއި ރިވެތި ސުލޫކުގެ ތެރެއިން ދެމެހެއްޓެނިވި އުނގެނުމަކަށް މަގުފަހިކޮށް ދިނުން

ގުޅުއްވުމަށް

Gn. Atoll Education Centre logo
ޏ. ފުވައްމުލައް
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ފީނދިފަންނު މަގު، ޏ. ފުވައްމުލައް، 18015
+960 7925002