Fuvahmulaku School logo

ޏ. އަތޮޅު

ފުވައްމުލަކު ސްކޫލް

އުފެދުނީ: 22 މޭ 1969

map

ދަރިވަރުން

231 +

މުދައްރިސުން

42 +

އިދާރީ މުވައްޒަފުން

14 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ފުވައްމުލަކު ސްކޫލަކީ 1969 ވަނަ އަހަރު މެއި މަހުގެ 22 ވަނަ ދުވަހު ""މަކުތަބުލްނޫރާނިއްޔާ"" ގެ ނަމުގައި ރަޖިސްޓްރީ ކުރެވިގެން ހިންގަން ފެށި މަކްތަބެކެވެ. 24 ޑިސެމްބަރ 1975ގައި ""މަކުތަބުލްނޫރާނިއްޔާ""ގެ ނަން ""ފުވައްމުލަކު މަކުތަބު"" މިނަމަށް ބަދަލުކުރެވުނެވެ. 1987 ވަނަ އަހަރު މި މަކްތަބަށް ޢުމްރާނީ ގޮތުން އައި ހެޔޮ ބަދަލާއެކު ، ސްކޫލް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4 ކްލާސްރޫމާއި އޮފީހަކާއި ފާޚާނާއެއް ޢިމާރާތް ކުރެވުނެވެ. މި މަސައްކަތްކުރެވިފައިވަނީ ސަރުކާރުން ތަކެތި ދެއްވައިގެން އަމިއްލަ ފަރާތްތަކެއްގެ ޝާމިލުވުމާއެކު އެ ފަރާތްތަކުގެ ޚަރަދާއި މަސައްކަތުންނެވެ. މިސްކޫލްގައި ކިޔަވައިދެނީ ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށެވެ. ސްކޫލުގައި ކިޔަވާދެނީ ބިޒްނަސް ސްޓްރީމާއި ސައިންސް ސްޓްރީމެވެ. މިސްކޫލްގެ ބާނއަކީ ފުވައްމުލަކު ދޫޑިގަން، ލައިޓް ޢަބްދުލް ޙަމީދު ޢަލީއެވެ.

މޮޓޯ އެންމެ ފުރިހަމަ ނަމޫނާ ދައްކަމާއެންމެ ފުރިހަމަ ނަމޫނާ ދައްކަމާ
ތަޞައްވަރު

ފުވައަމުލަކު ސްކޫލުގެ ތަޞައްވުރަކީ މިސްކޫލުން ތަޢުލީމު ޙާޞިލްކުރާ ކޮންމެ ދަރިވަރަކީ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި، ސިފަތަކުން ޒީނަތްތެރިވެފައިވާ، އުފެއްދުންތެރި، އާއީޖާދުތަކަށާއި އުނގެނުމަށް އަބަދުވެސް ލޯބިކުރާ ފަރުދަކަށް ހެދުން

މުހިންމަތު

މި ސްކޫލުގެ ތަޞައްވުރަށް ވާސިލުވުމަށްޓަކައި ބެލެނިވެރިންނާއި، ދަރިވަރުންނާއި، އެދުރުން އަދި މުޅި މުޖުތަމަޢު ގުޅިގެން، ހަމަހަމަ އުޞޫލަކުން ފުރުސަތު ލިބޭގޮތަށް، ދުޅަހެޔޮ ޞިއްޙަތެއް ހުރި، ޒިންމާދާރު އަދި ހިންގުންތެރި ދަރިވަރުންތަކެއް އުފެއްދުމަށް އެކަށީގެންވާ މާޙައުލެއް ގާއިމްކުރުން

ގުޅުއްވުމަށް

Fuvahmulaku School logo
ޏ. ފުވައްމުލައް
ފުވައްމުލަކު ސްކޫލް، ދަށިއަޑި މަގު، ޏ. ފުވައްމުލައް، 18011
+960 6860002