Irushadhiyya School logo

ސ. އަތޮޅު

އިރުޝާދިއްޔާ ސްކޫލް

އުފެދުނީ: 11 ފެބްރުއަރީ 1990

map

ދަރިވަރުން

268 +

މުދައްރިސުން

51 +

އިދާރީ މުވައްޒަފުން

19 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އިރުޝަދިއްޔާ ސްކޫލަކީ 11 ފެބްރރުއަރީ 1990 ން ފެށިގެން ހިނގަމުން އަންނަ ، ދެޖިންސުގެ ދަރިވަރުންނަށް ތައުލީމްދެމުންދާ ، ސަރުކާރުގެ ސްކޫލެކެވެ. މަރަދޫ/ މަރަދޫފޭދު އާއި ގުޅޭ ހިސާބުގައި މި ސްކޫލު ބިނާކުރެއްވުމުގެ މަގުސަދަކީ ދެ ރަށުގެ ކިޔަވާ އުމުރު ގެ ކުދިންނަށް އެއްފުރާޅެއްގެ ދަށުން ރަނގަޅު ތައުލީމެއް ފޯރުކޮށްދެއްވުމެވެ. ފަށައިގަތް ދުވަސްވަރު ގްރޭޑް 4 – 7 އަށް ކިޔަވައިދެމުން އައިސް 2000 ވަނައަހަރުންފެށިގެން ސާނަވީ މުގައްރަރުތައް ތައާރަފުކުރެވި ޖީސީ އޯލެވެލް ގައި 2002 ވަނައަހަރު ފުރަތަމަ ބެޗް ބައިވެރިވެފައިވާ މި ސްކޫލުގައި މިހާރު ފައުންޑޭޝަން ކުލާސަތަކުން ފެށިގެން ކީސްޓޭޖް 4 އަށް ކިޔަވައިދެއެވެ. އިރުޝަދިއްޔާ ގެ އަޒުމަކީ ވޭތުވެދިޔަ ގިނަ އަހަރުތަކެކޭ އެއްފަދައިން މުޖުތަމައަށް ފައިދާ ހުރި ދަރިވަރުން ބިނާކުރުމުގައި ހިތްވަރާއިއެކު ދެމިތިބުމާއި އޯލެވެލް އަދި އެސް.އެސްސީ އިމްތިހަނުގައި 75 އިންސައްތަގައި ހިފަހައްޓައި ނަތީޖާ މަތިކުރުމެވެ.

މޮޓޯ އުއްމީދުކުރާށެވެ. ހާސިލުކުރާށެވެ. ވިދާލާށެވެ.
ތަޞައްވަރު

އައްޑޫ ސިޓީގެ ބެލެނިވެރިން އިޚުތިޔާރުކުރާ އެންމެ ރަނގަޅު ސްކޫލަކީ އިރުޝާދިއްޔާ ސްކޫލު ކަމުގައިވުން

މުހިންމަތު

ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދައިދީ، އިސްލަމް ދީނަށް ލޯބިކުރާ ، އިލްމީ ގޮތުންނާއި ދިރިއުޅުމުގައި ކަމިޔާބު އަދި އަމިއްލަ ޝަޚުސިއްޔަތު ބިނާކުރުމާއި އިޖުތިމާއި ޒިންމާތައް އުފުލާ ދަރިން އުފެއްދުން

ގުޅުއްވުމަށް

Irushadhiyya School logo
ސ. މަރަދޫ
އިރުޝާދިއްޔާ ސްކޫލް، ރަތްވިލާ މަގު، މަަރަދޫ ފޭދޫ، ސ. މަަރަދޫ، 19050
+960 6891601