S. Atoll School logo

ސ. އަތޮޅު

ސ. އަތޮޅު މަދަރުސާ

އުފެދުނީ: 15 އޭޕްރީލު 1983

map

ދަރިވަރުން

512 +

މުދައްރިސުން

58 +

އިދާރީ މުވައްޒަފުން

36 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ސ.އަތޮޅު މަދަރުސާއަކީ ހުޅުދޫ-މީދޫގައި ހުޅުވުނު ފުރަތަމަ ސަރުކާރު ސްކޫލެވެ. ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ފެށި މިސްކޫލަކީ މިހާރު ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 10އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. ސ.އަތޮޅު މަދަރުސާގެ ކިޔަވައިދިނުމުގައި ގެންގުޅޭ ފަލްސަފާއަކީ ދަރިވަރުންނަކީ މުދައްރިސުންނަށް އިޙްތިރާމް ކުރާ، ކަންކަމަށް އިސްނަގާ، އިސްލާމްދީނާއި އަޤީދާ އަދި ޘަޤާފަތަށް ލޯބި ކުރާ ނަމޫނާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން ކޮންމެ ދަރިވަރަކީވެސް ތަފާތު ކުއްޖެއްކަން ވިސްނައިގެން ފިލާވަޅުތައް ރާވާ، ދަރިވަރުންގެ ވިސްނުމުގެ ފެންވަރު ތަފާތު ވާނެކަން ދަނެ އެއިން ކޮންމެ ކުއްޖަކަށްވެސް ފަހުމުވާނެހެން ފިލާވަޅުތަކާއި ސުވާލުތައް ބިނާކުރުމާއި ކޮންމެ ދަރިވަރަކީވެސް ޤައުމަށް ބޭނުންތެރި ދަރިވަރަކަށް ހެދުމުގެ ގޮތުން ހުރިހާ ދަރިވަރުންވެސް ތަފާތު ކުރުމެއްނެތި އުގަންނައިދިނުމުގެ ވައްޓަފާޅި ގެންގުޅުމެވެ. ސ.އަތޮޅުމަދަރުސާ ގެ ތަސައްވުރަކީ ވަށާޖެހޭތައުލީމެއް ފޯރޮކޮށްދީ، ދަރިވަރުންނަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާން ދަންނަ ޒިންމާދާރު ބަޔަކަށް ހެދުމުގައި ނަމޫނާ ސްކޫލަކަށް ވުމެވެ. އަދި ސ.އަތޮޅު މަދަރުސާގެ އަމާޒަކީ މިސްކޫލުގެ ކޮންމެ ދަރިވަރަކީ ނަފްސާނީގޮތުންނާއި، އިޖުތިމާއީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ، ކާމިޔާބު ދަރިވަރުން ތައްޔާރުކުރުމެވެ.

މޮޓޯ މައުލޫމާތަކީ ދިރިއުޅުމުގެ ދަންމަރެވެ.
ތަޞައްވަރު

ސ.އަތޮޅުމަދަރުސާ ގެ ތަސައްވުރަކީ ވަށާޖެހޭތައުލީމެއް ފޯރޮކޮށްދީ، ދަރިވަރުންނަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާން ދަންނަ ޒިންމާދާރު ބަޔަކަށް ހެދުމުގައި ނަމޫނާ ސްކޫލަކަށް ވުމެވެ.

މުހިންމަތު

ސ.އަތޮޅު މަދަރުސާގެ އަމާޒަކީ މިސްކޫލުގެ ކޮންމެ ދަރިވަރަކީ ނަފްސާނީގޮތުންނާއި، އިޖުތިމާއީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ، ކާމިޔާބު ދަރިވަރުން ތައްޔާރުކުރުމެވެ.

ގުޅުއްވުމަށް

S. Atoll School logo
ސ. މީދޫ
ސ. އަތޮޅު މަދަރުސާ، ބަހާއުދީން މަގު، ސ. ހުޅުމީދޫ، 19060
+960 6895679