Aminiya School logo

މާލެ ސިޓީ.

އަމީނިއްޔާ ސްކޫލް

އުފެދުނީ: 28 ނޮވެމްބަރު 1944

map

ދަރިވަރުން

2001 +

މުދައްރިސުން

148 +

އިދާރީ މުވައްޒަފުން

67 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

އަމީނިއްޔާ ސްކޫލަކީ 1944 ވަނަ އަހަރު ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު، އަންހެން ކުދިންނަށް ޚާއްސަކުރެވިގެން ހުޅުވުނު ސްކޫލެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެބޭފުޅެއްގެ ނަންފުޅު ޚާއްސަވެގެންވާ، އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނަށް, ނަން ނިސްބަތްވާ ސްކޫލެކެވެ. މި ސްކޫލަކީ ހަމައެކަނި އަންހެން ދަރިވަރުންނަށް ޙާއްސަ ކުރެވިފައިވާ ސްކޫލަކަށް ވިޔަސް 2011 އިންފެށިގެން ފިރިހެން ކުދިންނަށްވެސް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ.

މޮޓޯ އެކަކު އަނެކަކަށް ޚިދުމަތް ކުރާށެވެ.
ތަޞައްވަރު

އަމީނިއްޔާ ސްކޫލުގެ ތަސައްވަރަކީ ދަރިވަރުންގެ ކިބައިގައި ދީނާއި ގައުމަށް އިޙްތިރާމާއި ލޯބި އަށަގެންނެވުމާ އެކު އެދަރިވަރެއްގެ ގާބިލިއްޔަތު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ވާސިލުވުމަށް މަސައްކަތް ކުރާ ޒިއްމާދާރު، އަދި ސްކޫލަށާއި މުޖުތަމައަށް ޚިދުމަތްކުރާނެ ފަރުދުންތަކެއް އުފެއްދުން.

މުހިންމަތު

އަމީނިއްޔާ ސްކޫލްގެ އަމާޒަކީ ސްކޫލުން ދޭ ތަޢުލީމުގެ ފެންވަރުމަތި ކުރުމާއި ކޮންމެ ދަރިވަރަކީވެސް ކާމިޔާބު ހޯދާނެ ކުއްޖެއްކަމަށް ގަބޫލުކޮށް އުނގެނުމަށް ޝައުގުވެރިވާ އަދި އަމިއްލަނަފުސަށް އިތުބާރު ކުރާ ދަރިވަރުންތަކެއް އުފެއްދުމެވެ.އަދި ދަރިވަރުންގެ ވިސްނުން ތަރައްގީކޮށް، އުނގެނުމަށްފަހި މާޙައުލަކުން ދަރިވަރުން ޖިސްމާނީ، އިޖްތިމާޢީ އަދި ރޫހާނީ ކުރިއެރުން ގެނެސްދޭނެ އުފާވެރި ތަޖުރިބާތަކެއް ލޯތްބާއެކު ދަރިވަރުންނަށް ފޯރުކޮށްދިނުން.

ގުޅުއްވުމަށް

Aminiya School logo
މާލެ ސިޓީ. މާލެ
އަމީނިއްޔާ ސްކޫލް، ޗާންދަނީ މަގު، ކ. މާލެ، 20159
+960 3323247