ދަރިވަރުން
1352 +މުދައްރިސުން
109 +އިދާރީ މުވައްޒަފުން
ހިރިޔާ ސްކޫލަކީ ހަމައެކަނި އަންހެން ކުދިންނަށް ތަޢުލީމުދިނުމުގެ މަޤްޞަދުގައި، 14 ޖޫން 2009 (20 ޖުމާދުލްއާޚިރާ 1430) ގައި މާލޭގެ މާފަންނުގައި، ހުޅުވި ސަރުކާރުގެ މަދަރުސާއެކެވެ. ހިރިޔާ ސްކޫލް ފެށިގެން އައީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް 2011 ވަނަ އަހަރު ގުރޭޑު 1 ތަޢާރަފުކޮށް، ދެ ޖިންސުގެ ދަރިވަރުންނަށް ކިޔަވައިދޭ މަދަރުސާއަކަށް ބަދަލުކުރެވުނެވެ. ގުރޭޑު 1 އިން 10 އަށް، ހުރިހައި ގުރޭޑެއްގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރާ ހިރިޔާ ސްކޫލުގައި މި އަހަރު 3 ސްޓްރީމެއްގައި ދަރިވަރުން ކިޔަވައެވެ. އެއީ ސައިންސް، ބިޒްނަސް އަދި ބީ-ޓެކް ސްޓްރީމެވެ.
ސްކޫލުގެ ތަޞައްވުރަކީ އުނގެނުމަށާއި ކާމިޔާބު ޙަޔާތަކަށް ލޯބިކުރާ، ޙަރަކާތްތެރި ފަރުދުންތަކެއް އެކުލެވޭ ނަމޫނާ ޖަމަޢަތެއް ބިނާކުރުމެވެ.
• އިސްލާމީ އަދި އިޖުތިމާޢީ އަގުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން • ދަރިވަރުންގެ ހެދިބޮޑުވުމަށް އެހީތެރިވެދޭ، ރައްކާތެރި ވެށްޓެއް ފަހިކޮށްދިނުން • ކަންކަމުގެ ޙަޤީޤަތާމެދު ވިސްނައި ފިކުރުކުރުމާއި ކަންކަން ކުރުމުގައި އާ ވިސްނުންތައް ހޯދުމުގެ ޝައުޤު އުފެއްދުން • މުޅި ޢުމުރުގައި ވެސް، އުނގެނި ދަސްކުރުމުގެ ރޫޙު ދިރުވައި އާލާކުރުން • ކުޅަދާނަކަން ހުރި އެންމެ މަތީ ހަރުފަތަކަށް ވާޞިލުވުމަށް ބޭނުންވާ ޤާބިލިއްޔަތުތައް ދަރިވަރުންނަށް ލިއްބައިދީ ތަރައްޤީކުރުން • ޒިންމާދާރުވުމާއެކު ފައިދާކޮށްދެނިވި ފަރުދެއްގެ ޙައިޘިއްޔަތުން މުޖުތަމަޢުގައި ޝާމިލުވުމުގައި ބާރުވެރިކުރުވުން