Ghaazee School logo

މާލެ ސިޓީ.

ޣާޒީ ސްކޫލް

އުފެދުނީ: 25 އޮކްޓޯބަރު 2007

map

ދަރިވަރުން

1649 +

މުދައްރިސުން

173 +

އިދާރީ މުވައްޒަފުން

67 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ޣާޒީ ސްކޫލަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިޘާ އާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބުނު އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަށް، ލުޔެއް ހޯއްދަވައިދެއްވުމަށްޓަކައި ދިވެހިސަރުކާރުން ފެއްޓެވި މަސައްކަތަށް އެހީއެއްގެ ގޮތުން ސިންގަޕޫރު ސަރުކާރުންނާއި ސިންގަޕޫރު ރެޑްކްރޮސް ސޮސައިޓީގެ ފަރާތުން ދެއްވި ދީލަތި އެހީގެ ދަށުން ޢިމާރާތް ކުރެވުނު ސްކޫލެކެވެ. ޣާޒީ ސްކޫލް ނިސްބަތްވަނީ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ނަން ފުޅަށެވެ. މިއީ ހުޅުމާލޭގައި ބިނާކުރެވުނު ދެވަނަ ސްކޫލެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވިފައިވަނީ 25 އޮކްޓޯބަރ 2007 ގައެވެ. އަދި މި ސްކޫލްގައި ކިޔަވައިދިނުން ފެށިފައިވަނީ 2008 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެންނެވެ. މި ސްކޫލްގެ ކިޔެވުން ފެށުނުއިރު މި ސްކޫލްގައި ތިބީ 600 ދަރިވަރުންނެވެ. އަދި ސްކޫލްގައި ކިޔަވައިދެނީ ގުރޭޑު 1 އިން 10 އާއި ހަމައަށެވެ. މި ސްކޫލްގައި ކިޔަވައިދޭ ސްޓްރީމް ތަކަކީ ސައިންސް ސްޓްރީމް، ބިޒްނަސް ސްޓްރީމް އަދި ބީޓެކް ސްޓްރީމް އެވެ.

މޮޓޯ އަޒުމާ އެކު ކުރިއަށް
ތަޞައްވަރު

ފަށާތަޢުލީމާއި ޘާނަވީތަޢުލީމު ފޯރުކޮށްދިނުމުގައި މި ސްކޫލަކީ މި ޤައުމުގައި ހުރި އެންމެ ކުރިއަރާފައިވާ އެއް ސްކޫލަށް ހެދުން

މުހިންމަތު

"ބަދަލުވަމުންދާ މުޖުތަމަޢުގައިހުރި ގޮންޖެހުންތަކަށް ތައްޔާރުވެ، ތެދުވެރިކަމާއި، ޒިންމާދާރުކަމާއި، އަދި ރިވެތި އަޚުލާޤީ ސިފަތަކާއިއެކު މަސައްކަތްކުރާނޭ ޢިލްމީގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ކުރިއަރާފައިވާ ޝަޚުސްތަކެއް ބިނާކުރުމަށްޓަކައި ބޭނުންވާނޭ އެންމެ ފުރިހަމަ ތަޢުލީމީ ފުރުޞަތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދިނުން."

ގުޅުއްވުމަށް

Ghaazee School logo
މާލެ ސިޓީ. މާލެ
ޣާޒީ ސްކޫލް، ބޯގަންވިލާ މަގު، ހުޅުމާލެ، 23000
+960 3350607