Huravee School logo

މާލެ ސިޓީ.

ހުރަވީ ސްކޫލް

އުފެދުނީ: 13 ޖެނުއަރީ 2019

map

ދަރިވަރުން

1971 +

މުދައްރިސުން

180 +

އިދާރީ މުވައްޒަފުން

63 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ހުޅުމާލޭގައި އިމާރާތް ކުރެވިފައިވާ ހުރަވީ ސްކޫލަކީ މިހާތަނަށް ރާއްޖޭގައި އިމާރާތްކުރެވުނު އެންމެ ބޮޑު ސްކޫލެވެ. މި ސްކޫލުގެ 3 ބްލޮކުގައި 54 ކްލާސްރޫމް ހިމެނެއެވެ. މި އިމާރާތް ފަރުމާ ކުރެވިފައިވަނީ ހާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ފުރޮޅުލީ ގޮނޑީގައި ފަސޭކަމާއެކު އިމާރާތް ބޭނުންކުރެވޭނެ، އަދި ކުއްލި ހާލަތުގައި ނިކުތުމަށް ފަސޭހަވާނެހެން، ރޭމްޕްތަކާއި އެކުއެވެ. މި ސްކޫލްގެ ނަން ނިސްބަތްވަނީ 18 ވަނަ ގަރުނުގައި މަލާބާރީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަން ކުރެއްވި ރަސްގެފާނު ސުލްތާން އަލް ޣާޒީ ހަސަން އިއްޒުއްދީން އަލް ހުރަވީ (ދޮންބަންޑާރައިން) އަށެވެ.

މޮޓޯ އުޖާލާ މުސްތަޤުބަލްތަކެއް ބިނާކުރުން
ތަޞައްވަރު

ކޮންމެ ފަރުދެއްގެ ޖުމުލަ ތަރައްޤީއަށް އިޚުތިޔާރުކުރާ މުވައްސަސާއަކަށްވުން.

މުހިންމަތު

އަހުރެމެން ގަދައަޅައި މަސައްކަތް ކުރަނީ އިސްލާމީ އަދި ޘަގާފީ އަގުތަކުގެ ތެރެއިން ޢިލްމާއި ހުނަރު ފޯރުކޮށްދީ، ފިކުރީގޮތުންނާއި، ޖިސްމާނީ އަދި އިޖުތިމާޢީގޮތުން ދުޅަހެޔޮކަން އިތުރުކޮށް، ފުދުންތެރިކަމާއެކު، ޒިންމާދާރު އަދި ޤައުމުދެކެ ލޯބިވާ އުޖާލާ މުސްތަޤުބަލުތަކެއް ބިނާކުރުމަށެވެ.

ގުޅުއްވުމަށް

Huravee School logo
މާލެ ސިޓީ. މާލެ
ހުރަވީ ސްކޫލް، ހުޅުމާލެ ލޮޓް ނަންބަރު 11402، ރީތިގަސް މަގު، ހުޅުމާލެ، 23500
+960 3350714