Centre for Higher Secondary Education Male' logo

މާލެ ސިޓީ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން މާލެ

އުފެދުނީ: 03 ޖުލައި 1979

map

ދަރިވަރުން

421 +

މުދައްރިސުން

39 +

އިދާރީ މުވައްޒަފުން

15 +
މި ވެބްޕޭޖުގައިވާ މަޢުލޫމާތަކީ ސްކޫލް އިން މިނިސްޓްރީ އަށް ފޯރުކޮއްދީފައިވާ މަޢުލޫމާތެވެ.

ސްކޫލް ތަޢާރަފު

ސީއެޗްއެސްއީއަކީ، ރާއްޖޭގައި މަތީ ސާނަވީ ތަޢުލީމު އުނގަންނައިދިނުމަށް އެންމެ ފުރަތަމަ ބިނާކުރި މަރުކަޒެވެ. މި ސެންޓަރު ހުޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ. އެޑެކްސެލް އައި.އޭ.އެލް އޭލެވެލް އިމްތިޙާނާއި، ކެމްބްރިޖް ޔުނިވަރސިޓީގެ ސީއޭއީ އާއި ސީޕީއީ އަދި ރާއްޖޭގެ އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިކުރުމަށްޓަކައި ކަނޑައެޅިފައިވާ މާއްދާތައް ގްރޭޑް 11 އާއި 12ގެ ދަރިވަރުންނަށް ދަނީ ކިޔަވައިދެމުންނެވެ. މިގޮތުން މި ސެންޓަރުގައި ބިޒްނަސް ސްޓްރީމާއި، ސައިންސް ސްޓްރީމާއި އާރޓް ސްޓްރީމަށް ކިޔަވައިދެވެއެވެ.

މޮޓޯ އީޗް ވަން ޓީޗް ވަން
ތަޞައްވަރު

ދިވެހިރާއްޖޭގެ އެންމެ މޮޅު، މަތީ ސާނަވީ ސްކޫލްގެ ގޮތުގައި އެންމެ ފުރަތަމަ ސަފުގައި ހިމެނި އެންމެ ފުރިހަމަ ތަޢުލީމަކާއި އެންމެ މޮޅު ނަތީޖާއެއް ހޯދައިދީ، ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުން

މުހިންމަތު

އުފެއްދުންތެރި، ވިސްނުންތޫނު، ހަރުދަނާ، މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާންކެރޭ، ބަދަލުވަމުންދާ މުޖުތަމައުޢަށް ހޭލުންތެރި ބިނާކުރަނިވި ދަރިވަރުންތަކެއް އުފެއްދުން/ ތައްޔާރުކުރުން.ބަދަލުވަމުންދާ ދުނިޔެއަށް ލޯހުޅުވޭ، އުފެއްދުންތެރި، ވާދަވެރި، ރަގަޅު ވިސްނުމެއް ގެންގުޅޭ ކުރިމަގު އުޖާލާ ކުރުމަށްޓަކައި މަސައްކަތްކުރާ ހަރުދަނާ އަދި މުޖުތަމައުއަށް ވަފާތެރި ލީޑަރުންތަކެއް ބިނާކުރުން.

ގުޅުއްވުމަށް

Centre for Higher Secondary Education Male' logo
މާލެ ސިޓީ. މާލެ
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން މާލެ، ލިލީ މަގު، މާލެ،
+960 3330633